04 Aug 2010, 05:31
10:00
ސާކް ޗެމްބަރު ވުމަން އެންޓަޕްރިނިއޯ ކައުންސިލްގެ ބައްދަލުވުމެއް މި މަހު ކުރީކޮޅު އިންޑިއާގެ ޖައިޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފި އެވެ.
ޓައިމްސް އޮފް އިންޑިއާގެ މިއަދުގެ އަދަދުގައި ބުނެފައިވާ ގޮތުގައި އިނޮވޭޓިވް އެންޓޯޕްރިނިއޯޝިޕްގެ ނަމުގައި އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އޮންނަ ދެ ދުވަހުގެ ބައްދަލުވުމުގައި 40 ވަރަކަށް މަންދޫބުން ބައިވެރިވާނެ އެވެ. ވިޔަފާރިއާއި އިޖުތިމާއީ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކާ މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން ޕާކިސްތާން، ސިރީލަންކާ، ބޫޓާން، އަދި ބަނގްލާދޭޝް އިން ބައިވެރިވެ އެވެ.