ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި, އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން އިދިކޮޅު ޕީޕީއެމްއަށް އެހީތެރިވެދިން ކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް އުމަރު އެ ފެކްޝަނަށް ޝުކުރު އަދާކުރެއްވި މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ނުބެލޭނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ފަހު މިދިޔަ ހޯމަ ދުވަހު މަޖިލީހުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރި ކަމުގައި ވީ ނަމަވެސް އެ ދާއިރާގެ ގޮނޑި ޕީޕީއެމަށް ހޯދައިދޭން ފިކުރެއްގެ ދިރުން ފެކްޝަނުން ވަރަށް ބޮޑު އެހީތެރިކަމެއް ވެދިން ކަމަށެވެ.

ޕީޕީއެމްގެ ސެނެޓަރު އަދި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ތާރީގު އިބްރާހިމް ވަނީ އެ މައްސަލަ ބަލައިދިނުމަށް އެދި ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައެވެ. އެ މައްސަލައިގައި ބުނެފައިވަނީ ފިކުރެއްގެ ދިރުން ފެކްޝަނުން އެ އިންތިޚާބުގެ ކެމްޕެއިންގައި ޕީޕީއެމްއަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާ ކަމަށާއި، އެއީ ވަރަށް ބޮޑު އިތުރުފުޅެއް ކަމަށެވެ. އަދި، މެމްބަރު ވިދާޅުވީ ވާހަކައިގެ ސަބަބުން ޕާޓީއަށް ގެއްލުން ލިބި މެމްބަރުންގެ މެދުގައި ހަމަނުޖެހުން އުފެދުމުގެ މަގު ތަނަވަސް ވެގެންދާނެ ކަމަށެވެ.

ޕީޕީއެމްއިން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި "ސަން"އިން އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން އާދަމް ޝަރީފް ވިދާޅުވީ، އޭނާއަކީ ޕީޕީއެމް އަދި ޕީއެންސީގެ ގުޅިފައިވާ ކޯލިޝަންގައި ޕީއެންސީއަށް މަސައްކަތް ކުރައްވާ މެމްބަރެއް ކަމަށާއި، ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް އެ މައްސަލަ ހުށަހެޅި ކަމުގައި ވީނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ރޯދަ ކުރުކޮށްލުމެއްހެން އެއީ ދެން. ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހުށަހެޅިޔަސް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން އޭނާ ވަނީ މަޖިލީހުގައި މެމްބަރުން ދައްކަވާ ވާހަކަތަކަކީ ވަކި އިމްތިޔާޒްތަކެއްގެ ތެރެއިން ދައްކަވާ ވާހަކަތަކެއް ކަން ވެސް ފާހަގަކުރައްވާފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކޮށްފައި ވަނީ 1346 ވޯޓާއެކުގައެވެ. އިންތިޚާބުގައި ދެން ވާދަކުރީ އިދިކޮޅު ޕީޕީއެމް އިންނާއި އެމްއެންޕީ އިންނެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް 1266 ވޯޓު ލިބިވަޑައިގެންނެވިއިރު އެމްއެންޕީގެ ކެންޑިޑޭޓް އަލީ އަރީފަށް ލިބިވަޑައިގެންނެވީ 136 ވޯޓެވެ.