20 Apr 2023, 12:52
ދިރާގުން މި އަހަރު ދޭ ރޯދަ ހަދިޔާތަކުގެ ތެރެއިން ''ބޮޑު ހަދިޔާ''ގެ ގޮތުގައި އެއް ކަސްޓަމަރަކަށް ދެ އުމްރާ ދަތުރު ދޭނެކަން އިއުލާންކޮށްފިއެވެ.
ހިލޭ އުމްރާ ދަތުރު ލިބޭ ކަސްޓަމަރު ހޮވަން ނަގާ ގުރުއަތުގައި ދިރާގުގެ ހުރިހާ އެކްޓިވް ކަސްޓަމަރުންނަށްވެސް އިތުރު އެއްވެސް މަސައްކަތަކާއި ނުލައި ބައިވެރިވެވޭނެއެވެ. ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބާ ބްރޯޑްބޭންޑް ބޭނުންކުރާ އެކްޓިވް ކަސްޓަމަރުންނަށްވެސް މި އަގުހުރި އިނާމު ލިބުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.
މިކަމާ ގުޅިގެން ދިރާގުގެ އެސިސްޓެންޓް މެނޭޖަރު އެޑްވަޓައިޒިން ހަސަން ޝާރިހު އާދަމް ވިދާޅުވީ މި އުމްރާ ދަތުރާއެކު ދިރާގުގެ އަމާޒަކީ، މި ރަމަޟާން މަހު އަގުހުރި ހަދިޔާއަކާއެކު ކަސްޓަމަރުން ދިރާގަށް ކުރާ އިތުބާރަށް ޝުކުރު އަދާކުރުން ކަމަށެވެ.
"ދިރާގުގެ މިހާރުގެ ހުރިހާ ކަސްޓަމަރުންގެ އިތުރުން މި މަހުގެ ތެރޭގައި އަޅުގަނޑުމެންނާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް މި އިނާމު ގުރުއަތުގައި ބައިވެރިވެވޭނެ. އަދި މި ގުރުއަތުގެ ނަސީބުވެރިޔާ ހޮވާނީ ރަމަޟާން މަސް ނިމުމުން،" ޝާރިހު އާދަމް ވިދާޅުވިއެވެ.
މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ދިރާގުން އަންނަނީ ތަފާތު ގިނަ ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން "މަންމަގެ ވެދުން" ކެމްޕެއިންނާއި، ދިރާގު ޝޮޕް ފާހަގަކޮށްލެވެއެވެ.
ކޮންމެ އަހަރަކުވެސް ދިރާގުން ދަނީ ކަސްޓަމަރުންނަށް ޚާއްސަ އައު އޮފާތަކެއް ގެނެސްދެމުންނެވެ.