މި ރަމަޟާން މަހާ ދިމާކޮށް ސިމްޑީގެ އޮންލައިން އެޕް މެދުވެރިކޮށް ދޭން ފެށި ރޯދަ ހަދިޔާ ޕެކް އަދިވެސް ބޭނުންވާ މީހަކަށް ދިނުމުގެ ފުރުސަތު އޮތީ ހުޅުވާލައިފައެވެ.

މިއީ ސިމްޑީން މި ރޯދަ މަހާ ދިމާކޮށް ހުޅުވާލި ފުރުސަތެކެވެ. އެގޮތުން ސިމްޑީގެ އޮންލައިން އެޕް މެދުވެރިކޮށް އެކިވަރުގެ ޕެކޭޖުތައް ހަދިޔާގެ ގޮތުގައި ބޭނުންވާ މީހަކަށް ފޮނުވޭނެއެވެ.

އެ ޕެކޭޖުތަކުގެ ތެރޭގައި ހިމެނެނީ:

  • 500 ރުފިޔާގެ ހަދިޔާ ޕެކް

  • 1،000 ރުފިޔާގެ ހަދިޔާ ޕެކް
  • 1،500 ރުފިޔާގެ ހަދިޔާ ޕެކް
  • 2،000 ރުފިޔާގެ ހަދިޔާ ޕެކްއެވެ.

މި ރޯދަ ޕެކޭޖުތަކުގައި އާއްމުކޮށް ހިމެނެނީ ގެއަށް ބޭނުންވާ ތަކެއްޗެވެ. މި ފުރުސަތު ސިމްޑީން ހުޅުވާލުމުގެ މަގުސަދަކީ ވެސް ރޯދައާ ދިމާކޮށް، ގާތްތިމާގެ މީހުންނާއި ގާތް އެކުވެރި ރަހުމަތްތެރިންނާ އޮންނަ ގުޅުން ބަދަހިކުރަން ފުރުސަތު ދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ސިމްޑީގެ މި ހަދިޔާ ޕެކޭޖުތައް، އެ ހަދިޔާއެއް ދޭން ބޭނުންވާ މީހެއްގެ ގޭގެ ދޮރާ ހިސާބަށް އެ ކުންފުނިން ޑެލިވާ ކޮށްދޭނެއެވެ.