10:00


ހދ ކުމުންދޫ އާއި އެއަތޮޅު މާވައިދޫ ކައިރިއަށް ދޯންޏެއް އަޑިއަށް ދިޔުމާ ގުޅިގެން އެ ދޯނީގައި ތިބި ހަތަރު މީހުން ކޯސްޓްގާޑުން ސަލާމަތްކޮށްފި އެވެ.


އެމްއެންޑީއެފުން ބުނީ އެ ދޯނި އަޑިއަށް ގޮސްގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުމާއެކު ކޯސްޓްގާޑުން އެސަރަހައްދަށް ގޮސް އެދޯނިން ދަތުރުކުރަމުން ދިޔަ ހަތަރު މީހުން ސަލާމަތްކޮށްފައިވާ ކަމަށާއި އެ ދޯންނަކީ ފަންބަރުކޮށްގެން ދަތުރުކުރަމުންދިޔަ ށ.ފީވަކު ދޯންޏެއް ކަމަށެވެ.


އެދޯނި އަޑިއަށްދާން ދިމާވީ، ދޯނި ދުއްވަމުން ދަނިކޮށް، ދޯނީގެ ފަޅުވެރިންނަށް ނޭނގި އިންޖީނު ވަތުތެރެއަށް ދިޔަވާން ފެށުމުން ކަމަށާއި ދޯނީގެ މީހުންނަށް ދިޔަވާން ފެށިކަން އެނގުނީ ވަތުތެރެއަށް ދިޔަވެ، އިންޖީނާ ހަމައަށް ލޮނުއަރާ އިންޖީނު ހުއްޓުނު ހިސާބުންކަމަށް ދޯނީގެ ކެޕްޓަނާއި ޙަވާލާދީ ކޯސްޓްގާޑުން ބުނެ އެވެ.


މިހާދިސާގައި އެދޯނިން ދަތުރު ކުރި އެއްވެސް މިހާކަށް ގެއްލުމެއް ލިބިފައިނުވިނަމަވެސް އެދޯނި ފުންކުރުމަށް ކުރި މަސައްކަތް ކާމިޔާބުނުވެ، ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށް ކޯސްޓްގާޑުން ބުނެ އެވެ.