17 Apr 2023, 13:26
އަންހެން ހެދުން ލައިގެން ގޮސް ފިހާރައަކަށް ވަދެ ވައްކަން ކުރަން މަަސައްކަތްކޮށްފިއެވެ.
ވައްކަން ކުރަން މަސައްކަތްކޮށްފައިވަނީ ޅ. ނައިފަރު މާލް ފިހާރައިންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަަށް ވިދާޅުވީ ނައިފަރު ފިހާރައަކުން ވައްކަން ކުރަން މަސައްކަތްކޮށްފައިވާ މައްސަލަ ރޭ 9:30 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ފިހާރައަށް ވަންނަން މަސައްކަތް ކުރާ ވީޑިއޯއެއް އާންމުވެފައިވާއިރު، ފެންނަނީ އަންހެން ހެދުން އަޅައިގެން ބަޔަކު މީހުން އެ ފިހާރައިގެ ތަޅު މަތާލަން މަސައްކަތް ކުރާ ތަނެވެ.
އެހެން ނަމަވެސް، އެކަން ނުވެގެން އެ ތަން ދޫކޮށް އެ މީހުން ދާ މަންޒަރު ވެސް ފެނެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ކަމަށް ވެސް ބުނެއެވެ.