އިޓާލިން ސެރިއޭގައި ސަަސުއޯލޯ އަތުން އެ ގައުމުގެ ގަދަ ބާރު ޔުވެންޓަސް ބަލިވެ އިތުރު ހާސްކަން އެ ޓީމަށް ކުރިމަތިވެއްޖެއެވެ.

ރޭ ސަަސުއޯލޯގެ ދަނޑުގައި ކުޅުނު އެ މެޗު ޔުވެންޓަސްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ސަަސުއޯލޯގެ ނަދީމް ބަޖްރާމީ ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭނާ ޔުވެންޓަސް އޭރިއާތެރޭގައި ހުރެ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ.

އޭގެ ފަސް މިނެޓު ފަހުން ސަަސުއޯލޯއަށް ލިބުނު ކޯނަރަކުން ޑޭވިޑް ފްރެޓޭސީ ފޮނުވާލި ހަމަލާ އަމާޒުވީ ޔުވެންޓަސްގެ ގޯލު ދަނޑިއަށެވެ.

ސަަސުއޯލޯއާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން ----

އެ ޓީމުން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖަހައިފައިވަނީ މެޗުގެ 64 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ޔުވެންޓަސް އޭރިއާ ތެރެއިން ޑެފްރެލްއަށް ލިބުނު ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އެ މެޗުން ޔުވެންޓަސް ބަލިވެ އެ ޓީމު ވަނީ ލީގު ތާވަލުގެ ހަތް ވަނައަށް ވެއްޓިފައެވެ. އެ ޓީމު ތާވަލުގެ ހަތް ވަނައިގައި އޮތީ 30 މެޗު ކުޅެ 44 ޕޮއިންޓު ހޯދައިގެންނެވެ. އަދި މެޗުން މޮޅުވި ސަަސުއޯލޯ ތާވަލުގެ 10 ވަނައިގައި އޮތީ 30 މެޗުން ލިބުނު 40 ޕޮއިންޓާއެކުއެވެ.