ވިލިމާލެ ކައިރިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓު ހިނގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިރުއޮއްސި 19:15 ހާއިރެވެ.

މި އެކްސިޑެންޓާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން ފުލުހުން "ސަން"އަށް ބުނީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުން އަންނަކަމަށެވެ.

ކަނޑުމަތީގެ ހާދިސާތައް ހިނގާ މިންވަރު މަދު ނަމަވެސް އެ ފަދަ ހާދިސާތައް ފާއިތުވި ދެ ތިން މަސްދުވަހުގެ ތެރޭ ވަނީ ހިނގައިފައެވެ.