Last Updated: 3 year 7 month ago

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށްއެބަދެއެވެ.
މިހާތަނަށް ވޯޓުލީ މީހުންގެ އަދަދު:
އިއްޒުއްދީން ސްކޫލް ވޯޓު ފޮށި: 118
ގުޅީ ވޯޓު ފޮށި: 211
މާފުށީ ވޯޓު ފޮށި 1: 159

ގުޅީގައި ބެހެއްޓި ފޮއްޓަށް މިހާތަނަށް ވޯޓުލާފައި ވަނީ 68 މީހުން



އިއްޒުއްދީން ސްކޫލްގައި ބެހެއްޓި ފޮއްޓަށް މިހާތަނަށް ވޯޓުލާފައި ވަނީ 17 މީހުން
ދެހާސް ނަވާރަ ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި މަރުހޫމް ރިޒާ އެ ގޮނޑި ކާމިޔާބު ކުރެއްވީ 47 ޕަސެންޓުން. އެފަހަރު އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 41 ޕަސެންޓް.
ކ. ގުރައިދޫގެ އިތުރުން އެ ދާއިރާގައި ހިމެނީ މާއްފުއްޓާއި ގުޅި. ގުރައިދޫގައި ބަހައްޓާފައިވާ އެއް ނަންބަރު ވޯޓުފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 515 މީހުން، އަދި އެރަށުގައި ބެހެއްޓި ދެ ނަންބަރު ވޯޓު ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 618 މީހުންނަށް.
ގުޅީގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 615 މީހުންނަށް. މާފުށީގައި ބެހެއްޓި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 731 މީހުންނަށް.
މާލޭގެ އިއްޒުއްދީން ސްކޫލްގައި ބެހެއްޓި އެ ދާއިރާގެ ރައްޔިތުން ވޯޓުލާ ފޮއްޓަށް ރަޖިސްޓްރީކޮށްފައި ވަނީ 451 މީހުން
މެމްބަރު އިބްރާހީމް ރިޒާ އަވަހާރަވުމުން ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން ހެނދުނު އަށެއް ޖެހުމާއެކު އެ ދާއިރާގެ ހުރިހާ ރަށަކާއި މާލޭގައި ވަނީ ފަށާފައި




