22 Apr 2012, 22:09
ފުވައްމުލަކު ދޫޑިގަން ޗަސްބިން ސަރަހައްދުގެ ގޮނޑުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 34 ރަބަރު ހޮޅިކޮޅު ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ އެތަކެތި ފުލުހުން ހޯދާފައި ވަނީ ރޭ 22:56 ހާއިރު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުވައްމުލަކު ދޫޑިގަމު ޗަސްބިން ސަރަހައްދުގެ ގޮނޑުގައި ބަޔަކު މަސްތުވާތަކެތި ވަޅުލާފައިވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ސަރަހައްދު ޗެކްކުރުމުގެ ތެރޭގައި ކަމަށެވެ.
ފުލުހުން ބުނީ އެ ސަރަހައްދުން ހަ އިންޗީގެ ރަބަރު ޕެކެޓެއް އިންސިލޭޝަން ޓޭޕް އަޅައި ބަންދުކޮށްފައި އޮއްވާ ފެނުމުން އެ ރަބަރު ޕެކެޓުގެ ތެރޭގައި އެހެން ކުދި ޕެކެޓުތަކެއް ހުރިކަމަށް ޝައްކުކުރެވޭތީ އެ ޕެކެޓު ކަނޑައިގެން ބެލިއިރު އެރަބަރު ޕެކެޓުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 34 ރަބަރު ހޮޅިކޮޅު ފެނިފައިވާ ކަމަށެވެ. އަދި ބުނީ މިހާރު އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެކަމަށް ވެސް ބުންޏެވެ.