22 Apr 2012, 18:17
ފުވައްމުލަކުގައި ފުލުހުން ހިނގި ހާއްސަ އޮޕަރޭޝަނެއްގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ މިމަހުގެ 20 ވަނަ ދުވަހު ހެނދުނު މިތަކެތި ހޯދާފައި ވަނީ ފުވައްމުލަކު ދޫޑިގަން އަވަށު ޗަސްބިން ސަރަޙައްދުން ކަމަށާއި މި ތަކެތީގެ ތެރޭގައި ރާކައްކަން ބޭނުންކުރި ގޭސް ފުޅިއަކާއި، އުނދުނަކާއި ޕްރެޝާ ކުކާއެއްގެ މަތިގަނޑަކާއި ބަނގުރާ ކެއްކުމަށް ފާ ކޮށްފައި ހުރި ދިޔާ އެއްޗެހީގެ އިތުރުން ބަނގުރާ އަޅާފައި ހުރި 20 ލީޓަރުގެ ހަމެއް ފެނިފައިވެ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.