މ. ދިއްގަރުގައި ކުޑަ ކުއްޖަކު މޫދަށް ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ މިއަދު މެންދުރު މޫދަށް ވެއްޓިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ދިއްގަރު ބަހާރުގެ، އިސްމާއީލް އާސިފް އަބްދުﷲ، ދޭއް ބައި އަހަރު ކަމަށެވެ.

ކުއްޖާ މޫދަށް ވެއްޓިފައި ވަނީ ދިއްގަރު އިރުމަތީ ފަރާތު ތޮށިގަނޑު މަތިން ކަމަށާއި އެ ކުއްޖާ ދިއްގަރު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ކުއްޖާ ބެލި ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކުރުމަށް ފުލުހުންގެ ޓީމެއް ވަނީ އެ ރަށަށް ގޮސްފަ އެވެ.