12 Apr 2023, 12:46
ބޭންކް އޮފް މޯލްޑިވްސް އިން މާސްޓާކާޑު ކަސްޓަމަރުންނަށް މިއަދު އާ ޕްރޮމޯޝަނެއް ހުޅުވާލައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން ހުރިހާ ޚަރަދަކާއެކު ދެ މީހަކަށް އިސްތަންބޫލްގައި ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
މި ޕްރޮމޯޝަންގައި މާސްޓާކާޑު މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.
މާސްޓާކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސާއެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް މި ލިންކަށް ކްލިކްކޮށްލާ