12 Apr 2023, 12:02
ހެންވޭރު ސަހަރާ ކައިރީ ހުރި ގަހެއް މޫސުން ގޯސްވުމުގެ ސަބަބުން ވެއްޓި، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް ގެއްލުން ވެއްޖެއެވެ.
މި ހާދިސާގައި އެ ސަރަހައްދުގައި ހުރި ސައިކަލުތައް މައްޗަށް ގަހެއް ވަނީ އެއްކޮށް ވެއްޓިފައެވެ.

ހެންވޭރު ސަހަރާ ކައިރީ ހުރި ގަހެއް ވެއްޓިފައި -- ސަން ފޮޓޯ
މާލޭ ސިޓީ ކައުންސިލުން އެ ގަސް ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ހާދިސާ ހިނގީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ގަސް ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.
ނަމަވެސް، އެ ސަރަހައްދުގައި ޕާކު ކޮށްފައިހުރި ގިނަ އަދަދެއްގެ ވެހިކަލްތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، މިއަދު މެދު ރާއްޖެ ތެރޭގެ ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވިއްސާރަވެހުން އެކަށީގެންވާ ކަމަށެވެ. އަދި، އިރާއި އިރު ދެކުނުން ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދިުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.
މިފަދަ ހާދިސާތައް މާލެއާއި ރަށްރަށުގައި ވެސް މަދުން ނަމަވެސް ހިނގައެވެ.