13 Apr 2023, 08:57
ނެޓްފްލިކްސްގެ ސްޓްރޭންޖާ ތިންގްސް އިން މަގުބޫލުކަން ހޯދި ޒުވާން އެކްޓަރު މިލީ ބޮބީ ބްރައުން އެންގޭޖް ވެއްޖެ ކަމުގެ އިޝާރާތްތަކެއް ކޮށްފިއެވެ.
ނެޓްފްލިކްސްގެ ސްޓްރޭންޖާ ތިންގްސް އަކީ ސްޓްރީމިން ސާވިސްގެ އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނޭ އެއް ޝޯއެވެ. އަދި, ޝޯގެ ތެރެއިން އެންމެ ބޮޑު މަގުބޫލު ކަމެއް ހޯދި ބްރޭކްއައުޓް ތަރިއަކީ 19 އަހަރުގެ މިލީ އެވެ.
މިލީ އަކީ މި ވަގުތު ހޮލީވުޑްގައި ހުރި އެންމެ އަގުބޮޑު ޒުވާން ތަރިންގެ ތެރޭގައި ހިމެނޭ އެއް އެކްޓަރެވެ. ސްޓްރޭންޖާ ތިންގްސްގެ "އިލެވެން"ގެ ރޯލުން މަގުބޫލުވި މިލީ މިހާރު ވަނީ ހޮލީވުޑްގެ ގިނަ ބޮޑެތި ޕްރޮޖެކްޓްތަކުގައި މަސައްކަތް ކޮށްފައެވެ. އަދި, އޭނާ މިހާރު ވެސް އަންނީ ހޮލީވުޑްގެ ބޮޑެތި ނަންތަކާއެކުގައި މަސައްކަތް ކުރަމުންނެވެ.
މިލީ އެންގޭޖް ވެފައިވާ ކަމަށް އިޝާރާތް ކޮށްފައިވަނީ އޭނާ އެންމެ ފަހުން ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯއަކާ އެކުގައެވެ. މި ފޮޓޯގައި އޭނާ ރަށްޓެހިވެގެން އުޅޭ ޖޭކް ބޮންޖިއޯވީ އެކީގައި ތިބި މަންޒަރު ފެނެއެވެ. އަދި, މިލީ ހުދު ކުލައިގެ ހެދުމެއް ލައިގެން ހުރި އިރު އެންގޭޖްމެންޓް އަނގޮޓިއެއް އަޅައިގެން ހުރި ތަން ވެސް މި ފޮޓޯއިން ފެނެއެވެ.
ޖޭކް އަކީ އެމެރިކާގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ ޖޮން ބޮންޖޯވީގެ ދަރިއެކެވެ. ބައްޕަ އެކޭ އެއްގޮތަށް ޖޭކް އަކީ ވެސް މިއުޒީޝަނެކެވެ. ދެ މީހުން އެންމެ ފުރަތަމަ އެކީގައި ފެނިގެން ގޮސްފައިވަނީ 2021ވަނަ އަހަރުގައެވެ. އޭރު މިލީގެ އުމުރަކީ 16 އަހަރެވެ. އަދި ޖޭކްގެ އުމުރަކީ 17 އަހަރެވެ. ނަމަވެސް މިލީއަށް 16 އަހަރުގައި ޖޭކް އަށް 18 އަހަރު ވުމާ ގުޅިގެން ބައެއް އާންމުންގެ ފަރާތުން މީގެ ކުރިން ވަނީ ފާޑުކިޔުން ރައްދުވެފައެވެ.
ޖޭކާއި މިލީގެ އެންގޭޖްމެންޓްގެ ވާހަކައާ ގުޅިގެން ގިނަ ބަޔަކު އަންނަނީ މިލީއަށް މަރުޚަބާ ކިޔަމުންނެވެ. އަނެއް ބަޔަކު ބުނަނީ މިލީ ކައިވެނި ކުރަން އަދި އަވަސް ކަމަށެވެ.