ޒިކުރާ އިންޓަނޭޝަންލް ކޮލެޖްގެ މެއި އިންޓޭކަށް ހުޅުވާލައިފިއެވެ.

މެއި އިންޓޭކަށް ހުޅުވާލާފައިވާ ޕްރޮގެރާމްތަކުގެ ތެރޭގައި ޕޯސްޓް ގްރެޖްއޭޓް ޕްރޮގްރާމްތަކާއި ސެޓްފިކެޓް 3ގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ޕޯސްޓް ގްރެޖްއޭޓް ޕޮރޮގްރާމްތަކުގެ ތެރޭގައި ހިމެނެނެނީ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، މާސްޓާ އޮފް ޓީޗިން ގުރުއާން، މާސްޓާ އޮފް އެޑިއުކޭޝަން، މާސްޓާ އޮފް އެޑިއުކޭޝަނަލް މެނޭޖްމެންޓް އާއި މާސްޓާ އޮފް އިންކުލުސިވް އެޑިއުކޭޝަނެވެ.

މީގެ އިތުރުން ސެޓްފިކެޓް ލެވެލް ތިނެއްގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެނީ ބިޒްނަސް މެނޭޖްމެންޓް، އޮފީސް އެޑްމިނިސްޓްރޭޝަން އާއި ސައިކޮލޮޖީ އެވެ. މީގެ ތެރެއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި ސެޓްފިކެޓް ލެވެލްގެ ކޯސްތަކަކީ އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ހުއްދަ ލިބިފައިވާ ކޯސްތަކެކެވެ.

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ވަރަށް ގިނަ ދަރިވަރުންތަކެއް އަންނަނީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން އިތުރު ފީ އަކާ ނުލައި ކިޔަވަމުންނެވެ.

މެއި އިންޓޭކާއި ބެހޭ އިތުރު މައުލޫމާތު އެ ކޮލެޖުގެވެބްސައިޓުންނާއިފޭސްބުކް ޕޭޖުންނާއި ހޮޓްލައިނުން (7902562) ލިބެން ހުންނާނެއެވެ.