10 Apr 2023, 01:05
ސިނަމާލެ ބްރިޖް މާލޭ ލައިޓްއަށް މަޑުކޮށްގެން ހުއްޓައި، ފަހަތުން އައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކު ޒަޚަމްވެއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ އެކްސިޑެންޓުގެ މައުލޫމާތު މިރޭ 23:33 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާ ވެފައިވަނީ 47 އަހަރުގެ ފިރިހެނަކާ 31 އަހަރުގެ ފިރިހެނަކާ 43 އަހަރުގެ ފިރިހެނަކަށެވެ.

ބްރިޖް ކައިރިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކު ޒަޙަމްވެއްޖެ -- ސަން ފޮޓޯ
ފުލުހުން ބުނި ގޮތުގައި އަނިޔާ ލިބުނު ތިން މީހުންގެ ތެރެއިން 43 އަހަރުގެ މީހާއަށް އައިޖީއެމްއެޗްގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ. އަނެއް ދެ މީހުންނަށް ފަރުވާ ދެމުން އަންނަނީ ސެނެހިޔާ ހޮސްޕިޓަލުގައެވެ.
ފުލުހުން ބުނީ މިހާރު މި މައްސަލަ އަންނަނީ ތަހުގިގު ކުރަމުން ކަމަށެވެ.
މި ފަހުން މާލެ ސަރަޙައްދުގައި ގިނަ އެކްސިޑެންޓްތައް ދަނީ ހިނގަމުންނެވެ. މި ރޯދަ މަސް ފެށުނު ފަހުން ވެސް ގިނަ އެކްސިޑެންޓުތަކެއް ހިނގާފައިވެއެވެ.