މައިލޯ އިންޓަސުކޫލް ބާސްކެޓް ބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ މެޗް ދަރުމަވަންތަ ސްކޫލާ ބައްދަލިކޮށް 41 ޕޮއިންޓް 36 ޕޮއިންޓުން މަޖިއްދިއްޔާއިން ކާމިޔާބު ކޮށްފި އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މަޖީދިއްޔާއަށް 21 ޕޮއިންޓު މެޗުގައި ހޯދައިދިން މުހައްމަދު ފިރުނަސް އަބްދުއްﷲ އެވެ.

އިއްޔެ ކުޅުނު 14 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގެ މެޗް ގިޔާސުއްދީނާ ވާދަކޮށް ތާޖުއްދީނުން ކާމިޔާބު ކުރީ 12 ޕޮއިންޓް އަށް ޕޮއިންޓުން ނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ތާއްޖުއްދީން ސުކޫލަށް އަށް ޕޮއިންޓް ހޯދައިދިން މައުމޫނެވެ.

މީގެއިތުރުން އިއްޔެ ކުޅުނު 12 އަހަރުން ދަށުގެ ފިރިހެން ކުދިންގެ މެޗް ކަލާފާނުން ކާމިޔާބު ކުރީ ގިޔާސުއްދީނާ ވާދަކޮށް 14 ޕޮއިންޓް ހަ ޕޮއިންޓުން ނެވެ.