22 Apr 2012, 13:51
މިހާރު ކުރިއަށްދާ މައިލޯ އިންޓަ ސުކޫލް ވޮލީ މުބާރާތުގައި އިއްޔެ ކުޅުނު 19 އަހަރުން ދަށުގެ މެޗްތައް ކ. ގުރައިދޫ މަދަރުސާ އާއި ގަލޮޅު މަދަރުސާ އަދި ވިލާ އިންޓަނޭޝަލަން ހައި ސުކޫލުން ކާމިޔާބުކޮށްފި އެވެ.
މިމުބާރާތުގައި އިއްޔެ ކުޅުނު އަންހެން ބައިގެ ފުރަތަމަ މެޗް ގުރައިދޫ ސުކޫލުން ކާމިޔާބު ކުރީ އަމީނިއްޔާ ސުކޫލް އަތުން ސީދާ ދެ ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ސެޓް 6-25 އިން ގުރާދޫ ސުކޫލް ކާމިޔާބު ކުރި އިރު، ފަހު ސެޓް އެ ސުކޫލުން ކާމިޔާބު ކުރީ 23-25 އިން ނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަސް ހޮވުނީ ގުރައިދޫ ސުކޫލްގެ އަމިމިނަތު ސުދާ އެވެ.
އިއްޔެ ކުޅުން އަންހެން ބައިގެ ދެ ވަނަ މެޗް ގަލޮޅު މަދަރުސާއިން ކާމިޔާބު ކުރީ ހިރިޔާ ސުކޫލާ ވާދަކޮށް ސިދާ ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެން ނެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް 25-11 އިން ކާމިޔާބު ކުރި އިރު، ފަހު ސެޓް ހިރިޔާއިން ކާމިޔާބު ކުރީ 25-11 އިން ނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ގަލޮޅު މަދަރުސާގެ އައިމިނަތު އިނާޔާ އެވެ.
ނަވާރަ އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން އިއްޔެ ކުޅުނު ފަހު މެޗް ވިލާ އިންޓަނޭޝަނަލް ހައި ސުކޫލުން ކާމިޔާބު ކުރީ މާފަންނު މަދަރުސާ އާއި ވާދަކޮށް ސީދާ ދެ ސެޓުން ނެވެ.
މެޗުގެ ފުރަތަމަ ސެޓް 25-5 އިން ކާމިޔާބު ކުރި އިރު، ފަހު ސެޓް އަމީރު އަހުމަދުން ކާމިޔާބު ކުރީ 25-10 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވިލާ ހައި ސުކޫލްގެ ފާތުމަތު އިނާޔާ އެވެ.
މިމުބާރާތުގައި ރޭ ކުޅުނު 19 އަހަރުން ދަށުގެ ފިރިހެން ބައިގެ މެޗްތައް ކާމިޔާބު ކުރީ ސީއެޗްއެސްއީ އާއި ސ. އަތޮޅު ތައުލީމީ މަރުކަޒު އަދި ފ. އަތޮޅު މަދަރުސާ އެވެ.
މިބައިގެ ފުރަތަމަ މެޗުގައި ރޭ ކުޅުނު މެޗް ސީއެޗްއެސްއީ އިން ކާމިޔާބު ކުރީ މާފަންނު މަދަރުސާއާއި ވާދަކޮށް ސީދާ ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް 5-25 އިން ކާމިޔާބު ކުރި އިރު، ފަހު ސެޓް ކާމިޔާބު ކުރީ 25-16 އިންނެވެ.
މިބައިގެ ދެ ވަނަ މެޗް ސ. އަތޮޅު ތައުލީމީ މަރުކަޒުން ކާމިޔާބު ކުރީ ވިލާ އިންޓަނޭޝަނަލް ހައި ސުކޫލާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓް ސ. އަތޮލޫ ތައުލީ މީ މަރުކަޒުން ކާމިޔާބު ކުރީ 25-12 އިންނެވެ. އަދި ދެ ވަނަ ސެޓް އެ ޓީމުން ކާމިޔާޞު ކުރީ 25-13 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަސަން އަޒުމީ އެވެ.
އިއްޔެ ކުޅުނު ފިރެހެން ބައިގެ ފަހު މެޗް ފ. އަތޮޅު މަދަރުސާ ސުކޫލުން ކާޟިޔާބު ކުރީ ގަލޮޅު މަދަރޫސާއާއި ވާދަކޮށް ސީދާ ދެ ސެޓުން ނެވެ.
ފުރަތަމަ ސެޓް 25-15 އިން ކާމިޔާބުކުރިއިރު، ފަހު ސެޓް ފީއަލި ސުކޫލުން ކާމިޔާބުކުރީ ވެސް 25-15 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފީއަލި ސުކޫލްގެ އަލީ ޝާހީން އެވެ.
މިމުބާރާތުގައި 16 ސުކޫލަކުން ޖުމަލް 35 ޓީމް ވާދަކުރެއެވެ. އަދި މުބާރާތް ކުރިއަށް ގެންދަނީ ދެ ޖިންސް ހިމެނޭ ގޮތަށް ތިން އުމުރު ފުރައަކަށް ބަހައިލައި ގެންނެވެ.