ކުރިީގެ ރައީސް މުހައްދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަަލަބޮލި ކަމަށް ހައްލު ގެނައުމަށް "ތިން ވަނަ އަޑު" ގެނަމުގައި ކެމްޕޭނެއް ފަށައިފި އެވެ.

ސިޔާސީ ހަލަބޮލި ކަމަށް ހައްލުގެނައުމަށް ކުރަމުންދާ މަސައްކަތްތައް އިންސާފުވެރި ކަމާއިއެކު ގެންދަން ބާރު އެޅުމުގެ ގޮތުން ކެމްޕޭނެއް ފެށީ ޓްރާންސްޕޭރެންސީ މޯލްޑްވްސް އާއި ޑިމޮކްރަސީ ނެޓްވޯކާއި ޑިމޮކުރަސީ ހައުސްގެ އިތުރުން މޯލްޑިވްސް އެންޖީއޯ ފެޑެރޭޝަނެވެ.

މޫކާއި ސުއިޓީސް ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ހަތަރު ޖަމިއްޔާއިންވަނީ ސިޔާސީ ހައްލު ގެނައުމަށް ކޮންމެހެން ކުރަންޖެހޭ ކަންތައް ތަކެއް ފާހަގަކޮށް "ތިން ވަނަ އަޑު" ކެމްޕޭންގެ ދަށުން ނޫސް ބަޔާނެއް ނެރެފަ އެވެ.

ނޫސްރިންގެ ބައްދަލުވުމުގައި "ތިން ވަނަ އަޑު" ކެމްޕޭނުގެ ސްޕޯކްސް ޕާސަން އައިމަން ރަޝީދު ވިދާޅުވީ މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެނެވޭނީ މަޝްވަރާކޮށްގެން އެ ޖަމިއްޔާތަކަށް ގަބޫލު ކުރެވޭ ކަމަށާއި "ތިން ވަނަ އަޑު" ކެމްޕޭންގެ މަގުސަދަކީ މަޝްވަރާގެ މަގުން ކަންކަމުގެ ކުރުމަށް ބާރު އެޅުން ކަމަށެވެ.

ކެމްޕޭންގެ ދަށުން މުހިންމު މަސައްތަކެއް މިހާރުވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތުގެ ތަހްގީގު ހިންގުމަށް އުފައްދަަވާފައިވާ އިންކްއަރީ ކޮމިޝަނުން ނެރޭ ރިޕޯޓްތަކާއިމެދު ރައްޔިތުންގެ ޝައްކު އުފައްދަފާނެ ކަންކަން ފާހަގަކޮށް އެކަން ރައީސުލް ޖުމްހޫރިއްޔާއަށް އަންގާ އެކަންކަން ބަދަލު ކުރަން ބާރު އަޅުއްވާފައިވާނެ ކަމަށް އައިމަން ވިދާޅުވި އެވެ. އަދި އިންކްއަރީ ކޮމިޝަނާއިމެދު ސިޔާސީ ޕާޓީތަަކަށް ކުރެވިދާނެ ކަންކަން ފާހަގަ ކޮށް ސިޔާސީ ޕާޓީތަކާ މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ސިޓީ އެއް ފޮނުވާލާފައި ނިންމާލުމެއް ނޫން އަޅުގަނޑުމެން މަސައްކަތްކުރަން ނިންމާފައި އޮތް ގޮތަކީ. އަޅުގަނޑުމެން ނިންމާފައި އޮތް ގޮތަކީ ސިޔާސީ ފަރާތްތަކާއި ވެސް ވާހަކަ ދައްކައިގެން އެހެނިހެން ގޮތް ގޮތުންވެސް ޕްރެޝަރު ކުރުވައިގެން މިކަން ބަދަލު ކުރަން،" އެނާ ވިދާޅުވި އެވެ.

ތިން ވަނަ ކެމްޕޭންގެ ދަށުން މިއަދު ނެރުނު ބަޔާނުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަމުގެ ގޮތުގައި ހަތް ކަމެއް ފާހަގަ ކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ޕާޓީތަކާއިއެކު ކުރެވޭ މަޝްވަރާތުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ޕާޓީތައް ބައިވެރިކުރަންޖެހޭނެ ކަމަށާއި އަދި ބައިނަލް އަގުވާމީ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކަށް ޕާޓީތަކާއިމެދު ކުރެވޭ މަޝްވަރާތަކުގައި އޮބްޒާމް ކުރުމުގެ ފުރުސަތު ދޭންވާނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން މި ބަޔާނުގައި އިންކްއަރީ ކޮމިޝަނާ މެދު މީހުން އިތުބާރު ބޮޑު ކުރުމަށް އެކޮމިޝަނަށް ގެންނަވީ ބަދަކުތަކާ އެކި އެ ކޮމިޝަނުގެ މަސައްކަތައް ބައްޓަން ކުރަންވީ ގޮތުގެ ހަތް ޕޮއިންޓެއް ވެސް ފާހަގަ ކޮށްފައިވެ އެެވެ.