07 Apr 2023, 20:13
ނ. މަނަދޫގައި 62 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ މަރުވި އަންހެން މީހާއަކީ މަނަދޫގެ ގެއެއްގައި އެކަނި ދިރިއުޅެމުންދާ މީހެއް ކަމަށެވެ. އަދި، މިއަދު އިރުއޮއްސި 6:13 އެހާކަންހާއިރު އޭނާގެ ޚަބަރެއް ނުވެގެން އާއިލާ މީހުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ރިޕޯޓްކުރުމާ އެކު ފުލުހުން ގޮސް އަންހެންމިހާ ދިރިއުޅުނު ގޭގެ ކޮޓަރި ދޮރު ވައްޓާ ބެލި ބެލުމުން އޭނާ އެ ކޮޓަރި ބިންމަތީގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
"ރިޕޯޓު ލިބުމުން ފުލުހުން، އޭނަ ދިރިއުޅޭ ގެއަށް ގޮސް އެގޭ ކޮޓަރި ދޮރު ވައްޓާލައި ކޮޓަރިއަށް ވަތް އިރު، ކޮޓަރި ތެރޭ ބިންމަތީގައި މަރުވެފައި އޮއްވާ އެ އަންހެން މީހާ ވަނީ ފެނިފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.