ހުޅުމާލޭގައި ލެގަސީ ފިޓްނަސް ޖިމުގެ ނަމުގައިި ޖިމެއް ހުޅުވައިފިއެވެ.

މި ޖިމް ހުޅުވީ މިދިޔަ މާޗު މަހުގެ 20ވަނަ ދުވަހެވެ. މިއީ ދެ ފަންގިފިލާ ހިމެނޭހެން ހުޅުމާލެ އަމީން އެވެނިއުގައި ހުޅުވި ޖިމެކެވެ.

މި ޖިމުން ލިބޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ޕޯސްޓް ސާޖަރީ ރިހެބިލިޓޭޝަނާއި ސްޕޯޓްސް އިންޖަރީ މެނޭޖްމަންޓުގެ އިތުރުން ވެއިޓް ޓްރެއިނިން ފޯރުކޮށްދެއެވެ.

ލެގަސީ ފިޓްނެސް ޖިމް -- ފޮޓޯ/ ފޭސްބުކް

ޖިމާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ޖިމުގެ އިސް ބޭފުޅެއް ކަމަށްވާ ރިޔާޝް ރިޔާޒް "ސަން"އަށް ވިދާޅުވީ މި ޖިމުގެ ބޭނުމަކީ އާންމުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދިނުން ކަމަށެވެ.

އަދި, މިއީ ޓްރެއިނަރެއް ކަމަށްވާ އޭނާގެ ބައްޕަ އަހުމަދު ރިޔާޒުގެ ލެގަސީ ދިރުވުމުގެ ގޮތުން ކުރި މަސައްކަތެއް ކަމަށް ވެސް ރިޔާޝް ވިދާޅުވިއެވެ.

ލެގަސީ ޖިމުން ބުނީ އެ ޖިމުގައި މަސައްކަތް ކުރާ ޓްރެއިނަރުންނަކީ އެ ކަމުގެ ތަމްރީނާއި ތަޖުރިބާ ހުރި ޓްރެއިނަރުން ކަމަށެެވެ. ހަމައެއާ އެކު ޖިމަށް އަންނަ ކަސްޓަމަރުންނާ ވެސް ރަނގަޅު މުއާމަލާތެއް ބާއްވާނެ ބައެއް ކަމަށެވެ.

ޖިމުގައި ހުންނާނީ އެންމެ ޒަމާނީ ފަހުގެ އިކުއިޕްމަންޓެވެ.

ލެގަސީ ޖިމުންވަނީ ރޯދައަށް ޚާއްސަ ޕެކޭޖެއް ވެސް ތައާރަފު ކޮށްފައެވެ. އެގޮތުން މި ރޯދަ މަހު އެންމެ 800 ރުފިޔާ ދައްކައިލައިގެން ޖިމުގެ މެންބަރަކަށް ވެވޭނެކަމަށް އެ ޖިމުން ބުންޏެވެ.