06 Apr 2023, 09:12
ކުޑަކުދިންގެ މެދުގައި އެތައް އަހަރެއް ވަންދެއް މަގުބޫލުކަން ހޯދާފައިވާ "ބާބީ" ކެރެކްޓަރަށް ބިނާކޮށް ތައްޔާރު ކުރާ މުޅީން އާ ފިލްމުގެ ފުރިިހަަމަ ޓްރެއިލާއެއް ހާމަކޮށްފިއެވެ.
ގްރެޓާ ގާވިގް ޑައިރެކްޓް ކުރާ ބާބީ ފިލްމަކީ މެޓެލްގެ ބާބީ ބުދަށް މުޅިން އާ ވާހަކައެއް ދިނުމަށް ތައްޔާރުކުރާ ފިލްމެކެވެ. މި ފިލްމު އިއުލާން ކުރުމާ އެކު އެތައް ބަޔަކު އަންނަނީ ފިލްމަށް އިންތިޒާރު ކުރަމުންނެވެ.
ފިލްމުގެ ކޮންސެޕްޓަކީ ވަރަށް ތަފާތު ކޮންސެޕްޓަކަށް ވެފައި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހުސް އޭ ލިސްޓު ހޮލީވުޑް ތަރިން ހިމެނުމަކީ މި ފިލްމަށް އޮތް ޝައުގުވެރިކަން އިންތިހާއަށް ބޮޑުވި ކަމެކެވެ.
އެެންމެ ފަހުން ޓްރެއިލާއިން ތަފާތުކަން ދައްކައިފިއެވެ. މިއީ ކޭމްޕް ކޮމެޑީއެކެވެ. ބައިވަރު ބާބީ އާއި ބައިވަރު ކެން މި ފިލްމުގެ ޓްރެއިލާއިން ވެސް ފެނެއެވެ. އެގޮތުން ބާބީގެ ރޯލުން އެކަނި ވެސް މާގޯ ރޮބީ އާއި އިސާ ރޭގެ އިތުރުން ޑުއާ ލީޕާ އަދި އެމާ މެކީ ފަދަ އެކްޓަރުން ފެނެއެވެ. އަދި ކެން ގެ ރޯލުން ރާޔަން ގޮސްލިން އާއި ސިމޫ ލިއު ފެނިގެން ދެއެވެ.
ޓްރެއިލާއިން ފެނިގެންދަނީ ބާބީ ލޭންޑްގައި ބާބީގެ އެކި ކެރެކްޓާރުން މަޖަލުގައި ދިރިއުޅެމުންދާ މަންޒަރެވެ. އަދި އެ ދިރިއުޅުން ބަދަލުވާ ގޮތަށް ޓްރެއިލާއިން އަލިއަޅުވާލައެވެ.
ބާބީގެ ފިލްމު ސިނަމާތަކުގައި ދައްކަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 21 އިން ފެށިގެންނެވެ. އަދި އެއާ އެކު ފިލްމަށް އޮތް ހައިޕް އަންނަނީ ކޮންމެ ދުވަހަކު ބޮޑު ވަމުންނެވެ.