އިހު ދިވެހިންގެ ރީތި އާދަތަކަކީ މިއަދުގެ ދިވެހީންގެ ހަނދާންތަކެވެ. އެ ހަނދާންތައް މާޒީއާ އެކު ދިޔަ ނަމަވެސް، ބައެއް އާދަތައް މަޑުމަޑުން އިޔާދަވަމުން އަންނަތަން މަދުން ނަމަވެސް ދަނީ ފެންނަމުންނެވެ.

އެގޮތުން ދިވެހީން ކައްކާ އެކި ކާބޯތަކެތި އަވަށްޓެރިންނާއި އެކުވެރިންނަށް ގެންގޮސްދިނުން ފާހަގަ ކުރެވެއެވެ.

2018ވަނަ އަހަރުން ފެށިގެން ރަމަޟާން މަހު ދިރާގުން އާންމުންނާ ހަމައަށް ގެނެސްދޭ "ތަށިބަރި މޫވްމެންޓް" އަކީ މީގެ އެންމެ ފާހަގަވާ އެއް ކަމެވެ. ކޮވިޑުގެ ސަބަބުން މެދު ކެނޑުމަށް ފަހު، ދިރާގުން މި ހަރަކާތް ކުރިއަށް ގެންދަނީ މި އަހަރެވެ.

ބަރަކާތްތެރި ރަމަޟާން މަހު، އެކަކު އަނެކަކަށް އޯގާތެރިކަމާއި އޯގާތެރިކަން ދިނުމާއި ޙިއްސާކުރުމުގެ މަޤްސަދުގައި ދިރާގުން ކުރިއަށް ގެންދާ މި ހަރަކާތަކީ ރޯދަ މަހު ކުރިއަށް ދާ އެންމެ ފޯރިގަދަ އެއް ހަރަކާތް ވެސް މެއެވެ.

މި އަހަރު ދިރާގުން ކުރިއަށް ގެންދާ ކެމްޕެއިން ތަކާ ގުޅުވައިގެން ކުރިއަށް ގެންދާ ތަށިބަރި މޫވްމެންޓްގެ މި އަހަރުގެ ހޭޝްޓެގަކީ ވެސް މަންމަގެ ވެދުމެވެ. މި އަހަރުގެ މި ހަރަކާތުން ދިރާގުން ފާހަގަކުރަނީ މަންމައިންގެ ހިތްވަރެވެ. މަންމައިންނަށް ބޭނުންވާ ތަޢުރީފެވެ.

މި ތަށިބަރި ތަކުން ޢާއިލާ، ރައްޓެހިން، އެކުވެރިންނާއި އަދި ހާލުގައި ޖެހިފައިވާ މީހުންނަށް ފޯރުކޮށްދެނީ މަންމައިންގެ "ސިގްނޭޗާ ޑިޝް" ތަކެވެ.

މިއީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހު، ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ހިނގާ އެއް ހަރަކާތެވެ.

ތަށިބަރި ލިބޭ މީހަކު، އެހެން މީހަކު ނޮމިނޭޓްކޮށް، އެ މީހަކަށް ޙާއްސަ "ސިގްނޭޗާ ޑިޝް" އަކާ އެކު ފޯރުކޮށްދެއެވެ. މި ކަމުން އާލާ ވަނީ ދިރާގުން ބޭނުންވާ ފަދަ އިޖްތިމާޢީ ގުޅުންތަކެވެ. އާލާ ވަނީ މި ބަރަކާތްތެރި މައްސަރުގައި ބާރުއަޅާ ފަދަ، އިޖްތިމާޢީ އަޚްލާޤީ ގުޅުންތަކެވެ.