ޑެލިވަރީ ކުރުމާއި، އަގުހެޔޮކޮށް ދަތުރަށް ޖަހާލަން ތަފާތު ފަސޭހަ އެތަކެއް ފީޗާތައް ހިމެނޭ ގޮތަށް ގާޑިޔާ އެޕްގެ ނަމުގައި އެޕްލިކޭޝަނެއް ތައާރަފު ކޮށްފިއެވެ.

ބޭނުން އެއްޗެއް، ބޭނުން ވަގުތަކު އަދި ބޭނުންތަނަކަށް ފަސޭހަކަމާ އެކު އެ އެޕްލިކޭޝަން މެދުވެރިކޮށް ފޮނުވާލެވެއެވެ. ފަރުދުން ވެސް އަދި ވިޔަފާރިތަކުން ވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް މުދާތައް ޑެލިވަރީ ކުރަމުންދާ ކަމަށް ގާޑިޔާ އެޕުން ބުނެއެވެ.

ދުނިޔޭގެ މަޝްހޫރު މޯބަލިޓީ އެޕްލިކޭޝަންތަކުން ޚިދުމަތްދޭ ގޮތަށް މި އެޕްލިކޭޝަން މެދުވެރިކޮށް ރައިޑްޝެއާ، ނޯމަލް ރައިޑުތައް އަދި ޑެލިވަރީ ޚިދުމަތް ފޯރުކޮށްދެއެވެ.

ގާޑިޔާއެޕަކީ ކަސްޓަމަރުންނަށް އިތުބާރު ހިފޭ އެޕްލިކޭޝަނެއްގެ ގޮތުގައި ހެދުމަށްޓަކައި، އެ އެޕްލިކޭޝަނުގައި ރަޖިސްޓްރީވާ ޑްރައިވަރުންގެ ފުރިހަމަ މަޢުލޫމާތު ގާޑިޔާ އެޕްގައި ރައްކާ ކުރެވެއެވެ. އަދި، ޑްރައިވަރުންގެ މަޢުލޫމާތު ފަސޭހަކަމާ އެކު ކަސްޓަމަރުންނަށް ފެންނަން ހުރެއެވެ. ދަތުރުތަކާއި، މުދާކޮޅު ހިފައިގެންދާ ޑްރައިވަރުގެ ހުރިހާ ހަރަކާތެއް ކަސްޓަމަރަށް ބަލައިލެވޭނެއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް މިހާރު ފަސޭހަކަމާ އެކު މާލެތެރޭގަ ޑެލިވަރީއަށް ޖަހާލެވެއެވެ. ފިހާރަތަކުން ބޯޓަށް ގެންދަންޖެހޭ އެއްޗެއް ގެންދަން އެއްވެސް ދަތިކަމެއް ނެތެވެ.

ގާޑިޔާ އެޕްގައި ހިމެނޭ ތަފާތު ފީޗާސްތަކުގެ ތެރޭގައި

  • އެއް ފަހަރާ ގިނަ ޑެލިވަރީ ޕޮއިންޓުތައް އެއްކޮށްލުން

  • މުދާ ލިބޭ ފަރާތަށް އެސްއެމްއެސް މެދުވެރިކޮށް ޑެލިވަރީ ކުރާކަށް އެންގުން
  • ޑެލިވަރީ ޓްރެކް ކުރެވުން

މާލޭގެ އެތެރޭގެ ދަތުރުތައް ފަސޭހަކަމާ އެކު ޑްރައިވަރުންނަށް ނެގޭނެހެން ކަސްޓަމަރުންނަށް ދަތުރުތައް ވެއިޓްލިސްޓް ކޮށްލެވެއެވެ. އަދި ވެއިޓްލިސްޓްކޮށްފައި ހުންނަ ދަތުރުތައް ހުރިހާ ޑްރައިވަރުންނަށް ފެންނަން ހުންނާނެ ކަމަށާއި، އޭގެ ސަބަބުން ފަސޭހަކަމާ އެކު ޑްރައިވަރުންނަށް އެ ދަތުރުތައް ނަގާލެވޭނެ ކަމުގައި ގާޑިޔާ އެޕުން ބުނެއެވެ.

ގާޑިޔާއެޕްގެ ޚިދުމަތް މެދުވެރިކޮށް ގެންދާ މުދަލާއި، ލަގެޖްތައް އިންޝޫރަންސް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ގާޑިޔާ އެޕުން މައުލޫމާތުދެއެވެ.

ގާޑިޔާއެޕްއެޕްސްޓޯރުންނާއިގޫގަލް ޕްލޭއިންޑައުންލޯޑްކުރެވޭނެއެވެ.