03 Apr 2023, 22:56
ސިނަމާލޭ ބްރިޖުގައި ކާރަކާއި ބަހެއް އެކްސިޑެންޓުވެ، ޓްރެފިކް ވަރަށް ބޮޑަށް ޖޭމް ވެއްޖެއެވެ.
ބުރިޖުމަތިން އެކްސިޑެންޓު ވެފައިވަނީ އާރްޓީއެލް ބަހަކާއި ޕްރަިއވެޓް ކާރެކެވެ. ފުލުހުން ވަނީ މި ހާދިސާ ހިނގިކަން "ސަން"އަށް ކަށަވަރު ކޮށްދީފައެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ މިރޭ ގާތްގަނޑަކަށް 10:30 ހާއިރެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ. އަދި، އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން އެ އިދާރާއިން ބަލަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.
އެކްސިޑެންޓުގެ ސަބަބުން، ބުރިޖުގެ ޓްރެފިކް ފްލޯއަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ.