06 Jun 2023, 11:30
ބޭރުން ތަކެތި ގެނެސްގެން ވިއްކާ ފަރާތްތަކަށް މިއީ އެއްވަނައެވެ. މިތަން މެދުވެރިކޮށް ތަކެތި ގެނެސްގެން އަގުބޮޑުކަމުގެ ވާހަކަ ނުދެއްކޭނެއެވެ. ސަބަބަކީ މިއީ ރާއްޖޭގެ އެންމެ އަގުހެޔޮ އަދި އެންމެ އަވަސް މިފަދަ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށްވުމެވެ. މިއީ ސްވިފްޓް ސަޕްލައިސްއެވެ.
ސްވިފްޓް ސަޕްލައިސް ވަރަށް ޚާއްްސައެވެ. އިންޑިޔާ، ސްރީލަންކާ އަދި މެލޭޝިޔާ އިން ރާއްޖެއަށް އެއްޗެއް ގެންނަން ބޭނުންނަމަ، މިއީ އެންމެ އަގުހެޔޮ އޮޕްޝަނެވެ. މިއީ އެންމެ އަވަސް ވެސް ގޮތެވެ. މިކަން ކުރަން ވެސް އެހާމެ ފަސޭހައެވެ. މި މުޅި މަސައްކަތް ކުރިއަށް ދާނެ ގޮތް ވެސް ފަސޭހައެވެ.
އެންމެ ފުރަތަމަ ސްވިޓްގެ ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕް އިން މެސެޖުކޮށްލާ.
- މެސެޖުކޮށްލުމުން އެ ކޮންމެ ކޭސްއަކަށް ޚާއްސަ ފޯކަލް ޕޮއިންޓެއް ސްވިފްޓް އިން ހަމަޖައްސާނެ.
- ފޯކަލް ޕޮއިންޓަށް އައިޓަމްތަކުގެ ތަފްސީލު ފޮނުވުމަށްފަހު، އައިޓަމްތަކަށް ފައިސާ ދައްކާލާ.
- އައިޓަމްތަކަށް ފައިސާ ދައްކާލުމަށްފަހު، ފޯކަލް ޕޮއިންޓް އިން ސާވިސް ޗާޖު އަދި ފްރައިޓަށް ވާ ފައިސާގެ އަދަދު ފޮނުވާނެ. އެ އަދަދުތައް ލިބުމުން ސާވިސް ޗާޖު އަދި ފްރައިޓަށް ފައިސާ ދައްކާލާ.
- ފައިސާ ދައްކާލުމުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ އައިޓަމެއް އެފަރާތަކަށް ލިބޭނެ.

ސްވިފްޓަކީ އެއްޗެއް ބޭރުން ގެންނަން ބޭނުންނަމަ އެންމެ އަވަަހަށް ޑެލިވާ ވެސް ކޮށްދޭ ކުންފުންޏެވެ. އެގޮތުން ބޭރުން އިން އެއްޗެއް ގަންނަން ބޭނުންނަމަ، އެ އެއްޗެއް ޢާންމު މީހަކަށް އަންނަން ނަގާނެ ދުވަސްތަކަކީ:
އިންޑިޔާ އަދި މެލޭޝިއާއިން ނަމަ ހަތް ދުވަހާއި 10 ދުވަހާއި ދެމެދުގެ މުއްދަތެއް.
- ސްރީލަންކާއިން ނަމަ އެންމެ ދުވަހެއް.
- މި ހުރިހާ ކަމަކާއެކުވެސް، ސްވިފްޓަކީ ރާއްޖޭގައި އެންމެ ކުޑަ އަގެއްގައި މިފަދަ ޚިދުމަތެއް ފޯރުކޮށްދޭ ފަރާތް.
- 10 ޕަސެންޓާއި 20 ޕަސެންޓުގެ ސާވިސް ޗާޖު.
- އެ ގައުމަކަށް ކަނޑައަޅާފައިވާ ސްޓެންޑާޑް ޝިޕިން ރޭޓް.
މިފަދަ ޚިދުމަތްތަކުގައި ޢާންމުންގެ ފަރާތުން އަންނާނެ އެންމެ ބޮޑު ސުވާލަކީ ޝިޕިން ރޭޓްތަކާ ބެހޭ ގޮތުން ކުރެވޭ ސުވާލެވެ. ރާއްޖޭގައި ދެވޭ އެންމެ އަގުހެޔޮ ޝިޕިން ރޭޓްތައް ދެނީ ސްވިފްޓް އިން ކަން އެކުންފުނިން ޔަގީން ކަން ދެއެވެ.

އިންޑިޔާގެ ކޮޗިން ނުވަތަ ޓްރިވަންޑްރަމް އިން ރާއްޖެއަށް:
ސުން ކިލޯ އިން 44.99 ކިލޯއަށް: ފަސް ޑޮލަރު (ކިލޯއަކަށް)
45 ކިލޯއިން 74.99 ކިލޯއަށް: ހަތަރު ޑޮލަރު (ކިލޯއަކަށް)
75 ކިލޯއިން 99.99 ކިލޯއަށް: 3.5 ޑޮލަރު (ކިލޯއަކަށް)
ސްރީލަންކާގެ ކޮލޮމްބޯ އިން ރާއްޖެއަށް:
ސުން ކިލޯއިން 34.99 ކިލޯއަށް: 4.50 ޑޮލަރު (ކިލޯއަކަށް)
35 ކިލޯއިން 79.99 ކިލޯއަށް: 3.90 ޑޮލަރު (ކިލޯއަކަށް)
80 ކިލޯއިން 99.99 ކިލޯއަށް: 3.30 ޑޮލަރު (ކިލޯއަކަށް)
ސްވިފްޓުގެ ހުރިހާ މައުލޫމާތުތަކެއް ޢާންމުންނަށް ފޯރުކޮށްދިނުމުގެ ބޮޑު މަސައްކަތެއް ކުރާ ބަޔަކީ އެކުންފުނީގެ އޮފީހެވެ. އެގޮތުން އެ އޮފީސް، ހުކުރު ނޫން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9 އިން ރޭގަނޑު 12 އަށް ހުޅުވާނެއެވެ. އަދި ހުކުރު ދުވަހުގެ މެންދުރު ދޭކުން ރޭގަނޑު 12 އަށް ހުޅުވާނެއެވެ. މި އޮފީހަށް އެކުންފުނީގެ ހޮޓްލައިން ނަންބަރު 7366360 އިން ގުޅޭނެއެވެ.
ސްވިފްޓަކީ ޢާންމުންގެ އިތުބާރު ހޯދާފައިވާ، އަދި އެ އިތުބާރު ދަމަހައްޓާ ކުންފުންޏެކެވެ. އެއީ އެކުންފުނީގެ މައިގަނޑު އަމާޒުވެސް މެއެވެ.