ހުޅުމާލޭ މަގެއްގެ މަތިން އެކަނި މާއެކަނި ހިނގާފައި ދަނިކޮށް ފެނުނު ދެ އަހަރުގެ އަންހެން ކުއްޖަކު ފުލުހުން އާއިލާއާ ހަވާލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ހެނދުނު 8:30 އެހާކަން ހާއިރު މިއަންހެން ކުއްޖާ ހުޅުމާލޭގެ މިސްކިތް ހުންނަ މަގުން އެކަނި މައި އެކަނި ހިނގާފައި ދަނިކޮށް، ފެނިގެން އޭނާ ފުލުހުންނާ ހަވާލުކުރީ އެއަވަށު ބަޔެއް ކަމަށެވެ. އަދި އެކުއްޖާ ފުލުހުންގެ އިދާރާއާ ހަވާލުކުރި އިރު ކުޑަކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އެކުޑަ އަންހެން ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާ އެކު އެކުއްޖާގެ އާއިލާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށި ކަމަށެވެ. އަދި ބުނީ ފުލުހުންނާ އެއްކުއްޖާ ހަވާލުކުރިތާ ދެ ގަނޑިއިރުފަހުން އޭނާގެ އާއިލާގެ މީހުން ހުޅުމާލޭގައި ހުންނަ ފުލުހުންގެ އިދާރާއަށް އޭނާ ބަލައި އައި ކަމަށާއި އެ ކުއްޖާ މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

"އެކުއްޖާގެ އާއިލާ ހޯދުމަށް ހުޅުމާލޭގެ މީސްމީހުން ކައިރިން އަހައިގެން، ބައެއްގެ ފަރާތުން އާއިލާއަށް އެނގުނީ ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިކަން އެނގިގެން އާއިލާއިން ބަލައި އައިމައި ހަވާލުކުރީ،" އޮފިޝަލް ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ވާހަކަވެސް ދައްކަން ނޭނގޭ ކުޑަ އަންހެން ކުއްޖާ ފުލުހުންގެ އިދާރާގައި އިން ކަން އާއިލާއަށް އެނގުނު އިރުވެސް އެމީހުން ގެންދިޔައީ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.