ފުލުހުންގެ ވަޒީފާ އަށް ފިލައިގެން އުޅޭ ހަތަރު ފުލުހެއްގެ މައުލޫމާތު އާންމުކޮށް ހޯދަން ފަށައިފި އެވެ.

ފުލުހުންގެ ވަޒީފާގައި ދެ މިތިބެ، ފުލުހުންގެ މަސައްކަތަށް ހާޒިރުނުވެ، އުޅޭ ނޫޅޭތަނެއް ނޭނގިގެން ހޯދަމުންދާ ހަތަރު ފުލުހުންނަކީ، ށ. ކޮމަންޑޫ ބޯގަންވިލާ، ލާންސް ކޯޕްރަލް މުޙައްމަދު ވަހީދާއި ހަމަ އެ ރަށު އާހިޔާ، ޕޮލިސް ކޮންސްޓަބަލް އަހުމަދު ޝިހާން އާއި ކ. ގުރައިދޫ ފިނިހިޔާގެ، ލާންސް ކޯޕްރަލް މުހައްމަދު ނަޢީމާއި، ދ. ބަނޑިދޫ އޯޝަން، ޕޮލިސް ކޮންސްޓަބަލް ޝާމް ހަސަން އެވެ.

ފުލުހުން ބުނީ އެއިން މީހަކު މާލޭގައި އުޅޭ ނަމަ 24 ގަޑިއިރު ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހާޒިރުވުމަށާއި މާލެ ފިޔަވައި އަތޮޅު ތެރޭ ރަށެއްގައި ހުރި ނަމަ އެމީހަކު ހުރި ރަށަކާއި އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް ރިޕޯޓްކޮށް އެކަން ފުލުހުންނަށް އެންގުމަށެވެ.

ސިފައިންގެ ވަޒީފާ އަށް ފިލައިގެން އުޅުނު 13 މީހަކު މިދިޔަ އަހަރު ފަހުކޮޅު ވަނީ ވަޒިފާއިން ވަކިކޮށްފަ އެވެ.