ބައިކިލޯ މަސްތުވާތަކެތި ސ. ހިތަދު އަށް އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ ހިތަދު އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ އެ ރަށުގައި ދުއްވާ "އާގަލާ ކުއީން" ބޯޓުގެ ފަޅުވެރިއެއް ކަމަށްވާ އެ ރަށު ޕެސިފިކް ޒާހިދު ޙަސަން 33، ކަމަށެވެ.

އަދި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައި ވަނީ ކުއީން ބޯޓުން ކޮތަޅެއް ހިފައިގެން ފައިބައި އެތަނުގައި އޮތް ޕިކަޕަކަށް އަރައިގެން ދާން އުޅެނިކޮށް ކަމަށެވެ. ފުލުހުން ބުނީ ޒާހިދު އަރައިގެން ދާން އުޅުނު ޕިކަޕް ފުލުހުން ގޮސް ހުއްޓުވުމުން، އޭނާގެ އަތުގައި އޮތް ކޮތަޅު އެއްލާލުމަށް ފަހު ފިލަން މަސައްކަތް ކުރި ކަމަށެވެ.

ފުލުހުން ބުނީ ޒާހިދު އެއްލާލި ކޮތަޅުގެ ތެރެއިން ބައިކިލޯ ހުރި ހިރޮއިން ޕެކެޓަކާއި ފިލްމު ހުސްކުރި ދަޅަކަށް އަޅާފައި ހުރި ތެޔޮ ދަޅެއް ފެނިފައިވާ ކަމަށެވެ.