21 Apr 2012, 10:48
ބޯޓަކަށް އަރުވަން ގެންދިޔަ ފޮށިގަނޑެއްގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ބްލެޓް ސައިޒުގެ 50 ރަބަރު ޕެކެޓާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހު މެންދުރު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކުޅުދުއްފުށީ ބޯޓަކަށް އަރުވަން ވެގެން ގެންދިޔަ ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ، ބްލެޓް ސައިޒުގެ 50 ރަބަރު ޕެކެޓާ އެކު ހައްޔަރުކޮށްފައި ވަނީ ހދ. ނޮޅިވަރަންފަރު ހިތައްފިނިވާގެ، އަބުދުﷲ ނިޒާމް 21، އާއި ހދ. ނޮޅިވަރަންފަރު ފަޒާ މުޙައްމަދު ނަޝީދު އަބުދުﷲ 25، ކަމަށެވެ.
އަދި އެ ބޯޓަށް އަރުވަން ގެންދިޔަ ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ދިޔާ އެއްޗެއް އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.