21 Apr 2012, 09:35
ދަރުބާރުގެ ދެކުނު ފަރާތުން ބޮޑުތަކުރުފާނުމަގުން ހުޅަގުން އިރަށް ދުއްވާފައި ދިޔަ ފުލުހުންގެ ވެހިކަލަކަށް ބަޔަކު ގެއްލުންދީފި އެވެ.
ފުލުހުން ބުނީ ރޭ 9:45 އެހާކަންހާ އިރު މާލެތެރެ ޕެޓްރޯލް ކުރުމުގެ ގޮތުން އެ ސަރަހައްދުން ދުއްވާފައި ދިޔަ ފުލުހުންގެ ވެހިކަލަކަށް ގެއްލުންދީފައި ވަނީ ދަރުބާރުގޭގެ ފުރަގަހުން އުސްފަސްގަނޑުގައި އެވަގުތު ތިބި ބައެއް ކަމަށެވެ.
ފުލުހުން ބުނީ ވެހިކަލް އެމަގުން ދުއްވާފައި ދިޔައިރު އުސްފަސްގަނޑުގައި ތިބި ބަޔަކު ވެހިކަލަށް ގަލާއި ބިއްރޫރި ފުޅި ފަދަ ތަކެތި އުކުމުގެ ސަބަބުން ވެހިކަލްގެ އެކިތަންތަން ބަނޑިވެ އެހެނިހެން ގެއްލުންތައް ލިބިފައިވާ ކަމަށާއި ވެހިކަލަށް ގެއްލުންދިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން އަންނަ ކަމަށެވެ.