ޝިނާޒް ހިލްމީ ޖެހި ހަމައެކަނި ލަނޑުން ވިޔަންސާ އަތުން މޮޅުވެ، ދިރާގް ދިވެހި ލީގުގެ ފުރަތަމަ ބުރުގެ ފެށުން އީގަލްސްއިން ރަނގަޅުކޮށްފި އެވެ.

މެޗު ބެލުމަށްޓަކައި މަދު ބަޔަކު ދަނޑަށް ވަތް މިމެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު، މެޗުގެ ލީޑް ނެގުމަށް އީގަލްސްއަށް ވަނީ ލިބި، އެފުރުސަތުތަކުގެ ބޭނުން ނުހިފިފައެވެ. އެގޮތުން މެޗުގެ ކުރީ ކޮޅު އީގަލްސްއަށް ވެސް ލަނޑުޖަހާނެ ދެ ތިން ފުރުސަތެއް ލިބުނު އިރު، މެޗުން ބަލިވި ވިޔަންސާއަށް ލަނޑު ޖަހާނެ އެންމެ ފުރުސަތެއް ވެސް ފުރަތަމަ ހާފުގައި ލިބިފައެއް ނުވެއެވެ. އަދި ދެ ވަނަ ހާފުގައި ވެސް އީގަލްސްއަށް ވަނީ ލަނޑު ޖަހާނެ އެތައް ފުރުސަތު ތަކެއް ލިބި ބޭކާރު ވެފައެވެ.

މިމުބާރާތުގައި މިއަދު ހަވީރު 4:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ އޭވައިއެލްއާއި ވެލެންސިޔާ އެވެ.