21 Apr 2012, 08:29
ފިލިޕް ގޯ ގިއާ ޓުވެންޓީ ޓުވެންޓީ ކުރިކެޓް މުބާރާތުގައި މިއަދު ކުޅުނު މެޗް މާލޭ ސްޕޯޓްސް އިން ކާމިޔާބު ކޮށްފި އެވެ.
މިމެޗް މާލޭ ސްޕޯޓްސް އިން ކާމިޔާބު ކުރީ ވާދަވެރި އެމް އެސްއާއި ބައްދަލުކޮށް 82 ލަނޑުން ނެވެ.
ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސްގެ ފަސް ކުޅުންތެރިން ނުބައިވެގެން 212 ލަނޑު ހަދާފައިވާއިރު، މެޗުގައި އެޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެކި ކުޅުންތެރިޔަކީ، 106 ލަނޑު ހެދި މުހައްމަދު އަފްލާހް އެވެ. އަދި މިއިނިންގްސްގައި އެމްއެސް ޓީމުން އެންމެ ރަނގަޅަށް އުކީ ހަތަރު އޯވަރު ތެރޭގައި 28 ލަނޑަށް އެއްވިކެޓްނެގި އިބްރާހިމް ނަސާތުއެވެ.
ޖަވާބުގައި އެމް އެސް ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި 130 ލަނޑު ހެދިއިރު، އެންމެ ރަނގަޅަށް ކުޅުނީ 38 ލަނޑުހެދި އަހުމަދު ޒައިދު އެވެ. އަދި މާލޭ ސްޕޯޓްސް އަށް އެންމެ ރަނގަޅަށް އުކީ ހަތަރު އޯވަރުގެ ތެރޭގައި 14 ލަނޑަށް އެއް ވިކެޓް ނެގި އިސްމާއިލް އަނިލް އެވެ.
މިމުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ބައްދަލުކުރާ ދެޓީމަކީ މާލޭ ސްޕޯޓްސް އާއި ވެސްޓު ސަޕޯޓްސް އެވެ. އަދި ދެ ވަނަ މެޗުގައި މާދަމާ ބައްދަލުކުރާ ދެޓީމަކީ އެމްއެސްހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑެމީ އާއި ހިންނަވަރު ހިޔާގެ ޓީމެވެ.