14:30


ބްރޯޑްކާސްޓްކުރުމުގެ ބިލު ފާސްކޮށް، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ އާއި އުއްތަމަ ފަނޑިޔާރުގެ ނަން ދިރާސާ ކުރުމުގެ މައްސަލަ އާއި ގަސްގަހާ ގެހި ކަރަންޓީން ކުރުމުގެ ބިލު ކޮމިޓީއަކަށް ފޮނުވައިފި އެވެ.


ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ ފޮނުވާފައި ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ. އުއްތަމަ ފަނޑިޔާރު އައްޔަން ކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ އަލްއުސްތާޒު އަހްމަދު ފާއިޒުގެ ނަންފުޅު ފޮނުވާފައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ. އަދި ވައިގެ ދަތުރުފަތުރުކުރާ ފަސިންޖަރުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި އެ ބިލުގެ ބަހުސް ވެސް މިއަދު ވަނީ ފަށައިފަ އެވެ.


މި ބިލު، މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން ތިނަދޫ ދާއިރާގެ މެންބަރު މުހައްމަދު ގަސަމް ވިދާޅުވީ، މި ބިލަކީ ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއާއެއް ގޮތަށް ބައިނަލްއަގްވާމީ ވައިގެ ދަތުރުތަކާއި އެތެރޭގެ ވައިގެ ދަތުރުތަކުގައި ފަސިންޖަރުންނަށް ލިބޭ ގެއްލުންތަކަށް ބަދަލު ހޯދުމުގެ ގޮތުން ހުށަހެޅުއްވި ބިލެއް ކަމަށެވެ. އަދި މި ބިލުގެ ސަބަބުން ފަސިންޖަރުންގެ ހައްގުތައް ހިމާޔަތްކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.