ފްރާންސްގެ ޕީއެސްޖީއަށް ކުޅެން ބޭނުންވާކަމަށް ލިވަޕޫލްގެ އުރުގުއޭ ފޯވާޑު ލުއިސް ސުއަރޭޒް ބުނެފިއެވެ.

ލިވަޕޫލް އަށް ކުޅެމުންދާ އުމުރުން 24 އަހަރުގެ ފޯވާޑް ސުއަރޭޒް ވެފައިވަނީ އުރުގުއޭ ގައުމީ ޓީމުގައި އިސް ދައުރެއް އަދާ ކުރަމުންދާ ކުޅުންތެރިއަކަށެވެ. މިދިޔަ އަހަރު ބޭއްވުނު ވޯލްޑް ކަޕްގައި ވިދާލި ސުއަރޭޒް ދަނީ އުރުގުއޭ އަށް މުހިންމު ގޯލުތަކެއް ކާމިޔާބު ކޮށްދެމުން ނެވެ.

"ޕީއެސްޖީއަކީ މޮޅު ޓީމެއް. އެކުލަބުން އެދަނީ ވަރުގަދަ ސްކޮޑެއް ގާއިމުކުރުމުގެ މަސައްކަތްކުރަމުން. އެކަމުން އެކުލަބަކީ ކާމިޔާބީ ކުލަބަކަށް ހަދައިދޭނެ. ކާކު ބޭނުންނުވާނީ އެވަރުގެ ކުލަބަކާއި ގުޅެން. ހަމަގައިމުވެސް އެހަރެން އެކުލަބަށް ކުޅެން ބޭނުން." ސުއަރޭޒް ބުންޏެވެ.

ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓްސް އިން ޕީއެސްޖީގެ މައި ހިއްސާދާރަކަށްވި ފަހުން އެ ކްލަބުން ވަނީމި ސީޒަނުގައި ސްކޮޑް ވަރުގަދަކުރުމަށް 84 މިލިއަން ޔޫރޯ ހޭދަކޮށްފަ އެވެ. އެކްލަބުގެ ކޯޗެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވަނީ ޗެލްސީ އާއި އޭސީ މިލާނުގެ ކުރީގެ ކާމިޔާބު ކޯޗު ކާލޯ އަންޗެލޮޓީއެވެ.