މި އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށް ދިރާގުން ތަޢަރާފްކުރި، ގިނަ ދިރާގުގެ ކަސްޓަމަރުންނަށް ކަމުދާނެ އެކައްޗަކަށް ވާނީ "ދިރާގު ރޯދަ ހަދިޔާ ޝޮޕް" ކަން ގައިމެވެ. މި ރޯދަ ހަދިޔާ ޝޮޕް އަކީ ދިރާގުގެ ކަސްޓަމަރުންނަށް އެކްސްކްލޫސިވް އެތަކެއް އޮފާތަކެއް ހިމެނޭ ފިހާރައެކެވެ.

މި ފިހާރައަށް ވަދެވޭނީ ދިރާގުގެ އެޕްއިން ކަމަށް ވުމުން،ދިރާގު އެޕްއަޕްޑޭޓް ކުރުމަކީ މުހިއްމު ކަމެވެ. ދިރާގު އެޕް އަޕްޑޭޓް ކުރުމަށް ފަހު، އެ އެޕަށް ވަނުމުން ރޯދަ ހަދިޔާ ބެނާ ފެންނާނެއެވެ. އަދި އެބެނާ އަށް ވަނުމުން އެ ފިހާރައިން ލިބޭ އެތަކެއް އޮފާ ތަކެއް ދިރާގުގެ ކަސްޓަމަރުންނަށް ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ހަމައެހެންމެ، ދިރާގު އެޕް އަޕްޑޭޓް ކުރުމުގެ ސަބަބުން ރޯދަ މަހަށް ދިރާގުން ކުރިއަށް ގެންދާ މުހިއްމު އަދި ފޯރިގަދަ އޮފާތަކުން އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

މި އޮފާތަކުގެ ތެރޭގައި މުނިފޫހިފުލުވުމުގެ ޕެކުތަކާއި، ޖެނެރަލް ޑޭޓާ ޕެކުތަކާއި އަންލިމިޓެޑް ކޯލް އެޑް އޮން ތަކާއި އަދި އެނޫން ވެސް އެތަކެއް ޑިސްކައުންޓް އަގު ތަކެއް ހުންނާނެއެވެ. މި ހުރިހާ އޮފާ ތަކަކީ ރޯޑަ މަހަށް ޚާއްސަ އޮފާތަކެކެވެ.

ދިރާގުގެ "ރޯދަ ހަދިޔާ ޝޮޕް"ގެ އިތުރުން، މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ދިރާގުން ވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު ވެސް 'ބޮޑު ހަދިޔާ' އެއް ދިނުމަށް ނިންމާފައެވެ.

އެގޮތުން ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޯބައިލް ބްރޯޑްބޭންޑް އަދި ފައިބާ ބްރޯޑްބޭންޑް ގެންގުޅޭ އެކްޓިވް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ހަތަރު ފަރާތަކަށް 'މައިޑިއާ' ބްރޭންޑްގެ އަގުހުރި ހޯމް އެޕްލައިންސް ޕެކެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި ޕެކްގެ ތެރޭގައި ފުލީ އޮޓޮމެޓިކް ދޮންނަ މެޝިން، ހަތަރު ދޮރު ލީ އައިސްއަލަމާރި، ޑިޝްވޮޝަރ، އަވަން، މައިކްރޮވޭވް، އެއާ ޕިއުރިފަޔާ އަދި ވެކިއުމް ކްލީނާ ފަދަ ގޭތެރެއަށް ބޭނުންވާ އިތުރު އެހެނިހެން ސާމާނު ވެސް ހިމެނޭނެއެވެ.

މީގެ އިތުރުން 'ބޯނަސް މެގަ ހަދިޔާ' ގެ ނަމުގައި ދިރާގުގެ ހުރިހާ އެކްޓިވް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ދެ މީހެއްގެ އުމުރާ ދަތުރެއް ވެސް ލިބޭނެއެވެ.