21 Apr 2012, 08:20
ބޮޑީ ބޯޑިން ގެ އިންޓަރނޭޝަނަލް ސީނިއާ މެންސް އޯޕަން އިން ތިން ވަނަ އަލީ ހުޝްރުވާން ހޯދައިފި
އޮސްޓޭލިޔާގެ އިންޓަނޭޝަނަލް ބޮޑީ ބޯޑިން އެސޯސިއޭޝަނުން އޮސްޓްރޭލިޔާގައި ބޭއްވުނު ޑިއުންސް ނިއު ސައުތު ވޭލްސް ބޮޑީ ބޯޑިން އޭނާ މާލެ އައި އިއްޔެ ރޭ އެވެ.
ޖީއެމްއާރު އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއާ ޕޯޓުގައި ހުރެ، ސަން އޮންލައިނަށް ދިން އިންޓަވިއުގައި އައްޔަ ބުނީ، ވާދަ ކުރާ ބޮޑެތި މުބާރާތްތަކުން ވަނަ ހޯދުމުގައި އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ރާއްޖެއަށް ރީތި ނަން ހޯދައި ދިނުމަކީ އަބަދުވެސް ކުރާ ހިތްވާ ކަމެއް ކަމަށެވެ.
"މިފަހަރުވެސް މިލިބުނީ ރާއްޖެ އަށް ރީތި ނަމެއް. އަބަދުވެސް ދެމިހުންނާނީ ރާއްޖެ އަށް ރީތި ނަން ހޯދާދިނުމަށް. މިފުރުސަތު ރާއްޖޭގެ ޒުވާނުންނަށް އެބޮތް. އަޅުގަނޑެކޭ އެއްގޮތަށް ރީތި ނަން ރާއްޖެ އަށް ހޯދައިދިނުމުގައި ޒުވާނުންނަށް އަދިވެސް ފުރުސަތު ނުގެއްލޭ،" އައްޔަ ބުންޏެވެ.
އުމުރުން އެންމެ 13އަހަރުގައި ބޮޑީ ބޯޑިންގެ ތެރެއަށް ވަދެ، ބޮޑެތި ކުރިއެރުންތަކެއް ރާއްޖެ އަށް ހޯދައި ދެމުން އަންނަ އައްޔަ ވަނީ 2010 ވަނަ އަހަރުގެ ކުރީކޮޅު މެލޭޝިއާގައި އޮތް ބިލަބޮން ޕްރޯ މުބާރާތުގައި ބޮޑީ ބޯޑިން އިން ފުރަތަމަ ފަހަރަށް ރާއްޖެ އަށް އެއްވަނަ ގެނެސްދީފަ އެވެ.
ހުޝްރުވާނަށް ރޭ މަރުހާބާ ކިޔުމަށް ކުޅުވަރާ ބެހޭ މިނިސްޓްރީގެ އިސްވެރިންނާއި އޭނާގެ އާއިލާ މެންބަރުން ވަނީ އެއާޕޯޓަށް ގޮސްފައެވެ.