އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނުން ދެ ސްކޮލާޝިޕަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން ސްކޮލާޝިޕް ހުޅުވާލާފައިވާ ދާއިރާއަކީ މާސްޓާސް އޮފް ލޯ އިން އިންޓަނޭޝަނަލް މެރިޓައިމް ލޯ އަދި މާސްޓާސް އޮފް ހިއުމަނިޓީސް އިން އިންޓަނޭޝަލް މެރިޓައިމް ލެޖިސްލޭޝަންއެވެ. ކޮންމެ ކޯހަކުން ވެސް ހުލުވާލާފައި ވަނީ އެންމެ ފުރަސަތެކެވެ.

ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ދެ ފަރާތެއް ނޮމިނޭޓް ކުރާނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީންނެވެ. ނަމަވެސް މި ކޯހުގެ ފައިނަލް ސިލެކްޝަން ހަދާނީ ކޯސް އިންތިޒާމުކުރާ ފަރާތުންނެވެ.

އެޕްލިކޭޝަން ހުށަހަޅާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓް ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކުގެ އެޓެސްޓް އޮރިޖިނަލް އަދި ކޮޕީ ސެޓެއް އަންނަ މަހުގެ ތިނެއް ވާ ހޯމަ ދުވަހުގެ 10:00 ކުރިން އެ މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އަދި ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ ކޯހުގައި ބައިވެރި ނުވެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެހެން ސްކޮލާޝިޕަކަށް ހޮވިފައިވާ މީހެއްނަމަ މި ސްކޮލާޝިޕްގައި ބައިވެރި ވުމުގެ ފުރުސަތެއް ނޯންނާނެއެވެ. ކޯހަށް ހޮވޭ ދެ މީހުންގެ ހުރިހާ ޚަރަދެއް ހަމަޖައްސާނީ ކޯސް އިންތިޒާމުކުރާ ފަރާތުންނެވެ.

ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ. ކޯހާ ގުޅޭ އިތުރު މައުލޫމާތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެވެބްސައިޓުންލިބޭނެެއެވެ.