ވިލިމާލޭގައި މޫދަށް އެރި އުޅުނު މީހަކު މިއަދު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މަރުވެފައިވަނީ މ. ހަވާ، މޫސާ އިދުރީސް، ،46އ. ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާ މަރުވެވަފައި އޮއްވާ ފެނުނީ ވިލިގިލީ ފަޅުތެރޭގައި ކަމަށާއި ޕޮލިސް ލޯންޗެއްގައި އޭނާ ހޮސްޕިޓަލަށް ގެނައިރުވެސް މަރުވެފައިވާ ކަމަށެވެ. އަދި ބުނީ މަރުވާން ދިމާވި ވަކި ސަބަބެއް އަދި ބުނަން ނޭންގޭ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ޓުވިޓާ މެދުވެރިކޮށް ވަނީ މޫދަށް އެރި އުޅުމުގައި މީހުންގެ ރައްކާތެރިކަމާއި ސަލާމަތަށް ބަލައިގެން މޫދަށްއެރި އުޅެން އިލްތިމާސްކޮށްފަ އެވެ.