މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން މިރޭ ކަނޑައަޅައިފިއެވެ.

ހަނދު ސާބިތުކުރަން ބޭއްވި ޖަލްސާއަށް ފަހު ކުރި އިއުލާނުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީީ ރާއްޖެ އާއި އެހެން އިސްލާމީ ގައުމަކަށް ހަނދުފެނިފައިވާ ކަމުގެ މައުލޫމާތު ނުލިބޭ ކަމަށެވެ.

މުސްލިމުންގެ ހަރަމްފުޅުތައް އެ ބިމުގައި ހުރި ސައުދީ އަރަބިއްޔާއިން ވެސް ނިންމާފައި ވަނީ މުލަ ރޯދައަކީ ބުރާސްފަތި ދުވަސް ކަމަށެވެ.