އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ކަމަށް ބުނެ އެކި މީސްމީހުންގެ އަތުން އެޑްވާންސް ފައިސާ އަތުލަމުން ދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަތީހު މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ، ގ. ގްރީންބީންސް ތިން ވަނަ ފަންގިފިލާ ކުއްޔަށްދޭނެ ކަމަށް ބުނެ، އެކި މީސްމީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގަމުންދިޔަ އެގޭ 56.އ. މުހައްމަދު މޫސާ ކަމަށެވެ.

ޝަތީހް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައި ހުރި މުހައްމަދު މޫސާ، އޭނާގެ ގޭގެ ތިން ވަނަ ފަންގިފިލާ ކުއްޔަށް ދޭނެ ކަމަށް ބުނެ އެޑްވާންސް ފައިސާގެ ގޮތުގައި އަށް މީހެއްގެ އަތުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ އަތުލައިފައިވާ ކަން ފުލުހުންގެ ތަހްގީގަށް އެނގިފައިވާ ކަމަށެވެ.

އަދި އޭނާ ފަސް މީހަކާ އެކު ހަދާފައިވާ އެއްބަސްވުންތަކަކާއި އެ ގެ ކުއްޔަށްދޭ ތަނެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ތައްޔާރުކޮށްފައިވާ ލިޔުންތައް އޭނާ އަތުން ފެނިފައިވާ ކަމަށް ޝަތީހް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކަން ތަހްގީގު ކުރަމުންދަނިކޮށް ހަމަ ކުރިން މިދެންނެވި އެ ޕާޓްމަންޓް ކުއްޔަށްދޭނެ ކަމަށް ބުނެ އިތުރު މީހެއްގެ އަތުން ފައިސާ ނަގާފައިވާތީ އެމީހާ، މުހައްމަދު މޫސާގެ ސައިކަލް ހިފަހައްޓައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އަޅުގަނޑުމެން ގޮސް މުހައްމަދު މޫސާގެ ސައިކަލް ޗެކްކުރި އިރު މި ސައިކަލް މަޑިދަށުގައި ގ. ގްރީންސްބީންސް ކ