19 Apr 2012, 14:35
މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ޑީއާރްޕީ އަތުން ގެއްލުމަކީ އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ދި ޓީވީގެ ޚަބަރުތެރެއިން ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުކަން ލިބުމަކީ މަޖިލީހުގައި ދޭ ވޯޓަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫން ކަމަށާއި އެއީ ހަމައެކަނި މަޖިލީހުގެ މަސައްކަތަށް ޓަކައި ތިބޭ ބަޔެއް ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން އެ ޕާޓީގެ އަތުން ގެއްލިގެން ދިޔުމަކީ އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"މައިނޯރިޓީ ލީޑަރުކަން ލިބުމަކީ މަޖިލީހުގައި ދޭ ވޯޓަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫން. މައިނޯރިޓީ އާއި މެޖޯރިޓީ ލީޑަރު ހުންނަނީ ހަމައެކަނި މަޖިލީހުގެ މަސައްކަތަށް ޓަކައި،" ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައިނޯރިޓީ ލީޑަރުކަން އެ ޕާޓީ އަތުން ގެއްލުމުން އެއީ ޕާޓީގެ މެންބަރުން މަދުވީ ކަމަށް ހީކޮށް ޕާޓީ އަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ކޮންމެވެސް ވަރަކަށް މާޔޫސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ނަމަވެސް އެއީ އެ ޕާޓީގެ މަޖިލީހުގެ މެންބަރުންގެ އަދަދަށް ބަދަލުއައިސްގެން ވީކަމެއް ނޫން ކަމަށް ތަސްމީން ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ޕާޓީ އަށް ތާއިދުކުރައްވާ ބޭފުޅުން ކޮންމެވެސް ވަރެއްގެ މާޔޫސް ކަމެއް އަންނާނެ ހެން. އެހެންނަމަވެސް ހަގީގަތުގައި އެއްވެސް ތަފާތެއް އައީކީ ނޫން. މީގެ ކުރިން ޕީޕީއެމްގަ ތިބީ 16 މެންބަރުން އަޅުގަނޑުމެންގެ ތިބީ 15 މެންބަރުން. މިފަހަރު އިތު ގޮނޑިއެއް ލިބުނީމާ އެބޭފުޅުންގެ އަދަދު 17 އަންނީ،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ މައިނޯރިޓީ ލީޑަރުކަން ދެމެހެއްޓުމަށް ޓަކައި ޑީއާރްޕީ އިން ތިމަރަފުށީ ގޮނޑިއަށް ކުރިމަތި ލިނަމަ އެމްޑީޕީ އަށް އެ އިންތިޚާބު ކާމިޔާބު ވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށާއި އެ ޕާޓީން އެ އިންތިޚާބުގައި ވާދަނުކުރީ މައިނޯރިޓީ ލީޑަރުކަން ދެމެހެއްޓުމަށް ވުރެ އެމްޑީޕީއަށް ގޮނޑި ނުލިބޭނެ ފަދަ ގޮތަކަށް އަމަލ%D