14:30


މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ ތަކެއްޗާއެކު 11 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނީ މި 11 މީހުން ހައްޔަރުކޮށްފައި ވަނީ މާލެތެރޭގައި މާރާމާރީ ހިންގުމަށް ފުރުސަތު ނުދިނުމުގެ މަގުސަދުގައި އިއްޔެ މެންދުރުން ރޭގެ 1:30 އާ ހަމައަށް ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ކަމަށާއި އެ 11 މީހުންނަކީ އެ އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކުރި 59 މީހުންގެ ތެރެއިން އިތުރު މައްސަލަތައް ހުރި ކަމަށް ފާހަގަކުރެވޭ 11 މީހުން ކަމަށެވެ. އަދި ރޭ ފުލުހުން ހައްޔަރުކުރި 59 މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ 15 ކުދިންވެސް ހިމެނޭ ކަމަށްވެސް ފުލުހުން ބުނެ އެވެ.


ރޭ ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި ގްރޫޕް މާރާމާރީ ހިންގާ ބައެއް ފަރާތްތަކުން ބޭނުންކުރާ ކަމަށް ބެލެވޭ ގެސްޓް ހައުސްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ދެ ގެސްޓް ހައުސްއެއް ޗެކް ކުރިކުރުމުގައި މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބައެއް ތަކެތި ފުލުހުން އަތުލައިގެންފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.


އޭގެ ތެރޭގައި ވައްކަމާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ މާސްކާއި އަންގި ފަދަ ތަކެތީގެ އިތުރުން ގްރޫޕްތަކުގެ ހަރަކާތްތައް ދައްކުވައިދޭ ބޭރުގެ ބައެއް ފިލުމްތައް ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.