ކަންތައްތަކާ ދެރަވުމަކީ ކޮންމެ މީހަކަށް ވެސް ކުރެވޭ އާންމު އިހުސާސެކެވެ. ކަންތައްތަކާ ދެރަވުމުން އެކަމު ހިތާމަ ކުރުމަކީ އެކަންތައް ޕްރޮސެސް ކުރުމަށް ލިބޭ ފުރުސަތެކެވެ. ދެރަ ވުމުން ގިނަ ބަޔަކު ކުރާ އެއް ކަމަކީ މިއުޒިކް ޖެހުމެވެ. އެކި މީހުން ޖަހަނީ އެކި ވައްތަރުގެ މިއުޒިކެވެ.

ދެރަ ވުމާއެކު މިއުޒިކް ކުޅުމަކީ ވަރަށް އާންމު ކަމެކެވެ. މިއީ ގިނަ ބަޔަކު ހާއްސަކޮށް ޒުވާނުންގެ މެދުގައި މަގުބޫލު ކަމެކެވެ. މިއުޒިކް ކުޅޭއިރު އެންމެ ގިނަ ބަޔަކަށް ކަމުދަނީ ހިތާމަވެރި މިއުޒިކެވެ. ހިތާމަވެރި މިއުޒިކުގެ އެހީގައި ދެރަވެފައިވާ ވަގުތު އިތުރަށް ދެރަ ވުމަށް މީހާ މަސައްކަތް ކުރެއެވެ.

އެމެރިކާގެ އެސޯސިއޭޝަން ފޮ ސައިކޯލޮޖިކަލް ސައިންސްއިން ބުނާގޮތުގައި ދެރަވެ ހިތާމަ ކުރާއިރު އިތުރަށް ދެރަ ވުމަކީ އިންސާނުން ގަސްދުގައި ކުރާ ކަމެކެވެ. އަދި މިއުޒިކަކީ އިހުސާސްތަކަށް ވަކި މިސްރާބެއް ދިނުމަށް ބޮޑު އެހީއެއް ވާއެއްޗެކެވެ. ދެރަ ވުމަކީ އޭގެ ސަބަބުން ވެސް އިހުސާސްތައް ޕްރޮސެސް ކުރުމަށް ލިބޭ ފުރުސަތެކެވެ.

އަނެއް ބަޔަކު އިހުސާސްތައް ޕްރޮސެސް ކުރަނީ ތަންކޮޅެއް އުފާވެރި ޓޯންތައް ހުންނަ މިއުޒިކުންނެވެ. ނަމަވެސް ގިނަ ބަޔަކު ހަމަ ދެރަވުމުން ޖަހައި އުޅެނީ ހިތާމަވެރި ލަވަތަކެވެ.

އެހެންވީމާ ދެރަވެގެން އުޅޭ އިރު ހިތާމަވެރި ލަވަތައް އަޑުއަހަން ބޭނުންވާ މީހުންނަށް މި ދެނީ ކުޑަ ޕްލޭލިސްޓެކެވެ. މިއިން ކޮންމެ ލަވައެއްގެ ލިރިކްސް އާއި މިއުޒިކުން ދެރަވާ ގޮތް ނުވެއްޖެ ނަމަ ވީޑިއޯއިން ހަމަ ގައިމުންވެސް ރޮއްވާލާނެއެވެ.

ފޮން ތޮކް މައި- ތުރީ މޭން ޑައުން / ތައިލެންޑް

ސޭމް ޕޭޖް- ޓިލީ ބާޑްސް / ތައިލެންޑް

ކްވަމް ނަގްނީ އެ ސޫދު- ގެޓްސުނޯވާ / ތައިލެންޑް

އޮންލީ ޔޫ- ގާހޯ / ދެކުނު ކޮރިއާ

ސަ ސުސުނޮދު ނަ ހަބަންގް- ބެން އެންޑް ބެން / ފިލިޕީން

ޝާޔަދު ޔެހީ ތޯ ޕިޔާރު ހޭ- ލަތާ މަންގޭޝްކަރު، އަދުނާން ސާމީ / އިންޑިއާ

އެއިޓް - އައިޔޫ، ޝުގާ/ ދެކުނު ކޮރިއާ