14:30


ހުޅުމާލޭގެ ސިނާއީ ސަރަހައްދުން 11 ބިމެއް 25 އަހަރަށް ކުއްޔަށް ދިނުމަށް ބީލަން ހުޅުވާލައިފި އެވެ.


އެޗްޑީސީން ބުނީ ރާއްޖޭން ބޭރުގެ ކުންފުނިތަކަށާއި ރާއްޖޭގެ ކުންފުނިތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މި ފުރުސަތުގައި ބީލަން އުސޫލުން ކުއްޔަށް ދިނުމަށް ހަމަޖައްސާފައިވާ ބިންތަކަކީ ހުޅުމާލޭގެ ހަތަރު ސަރަހައްދަކުން ކުއްޔަށް ދޫކުރުމަށް ހަމަޖައްސާފައިވާ ބިންތަކެއް ކަމަށެވެ. އެގޮތުން ޒޯން އެކަކުން ހަތަރު ބިމާއި ޒޯން ދޭކުން ދެ ބިމާއި ޒޯން ތިނަކުން ދެ ބިން އަދި ޒޯން ހަތަރަކުން އެއް ބިން ވިއްކުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.


އެޗްޑީސީން ބުނީ ބީލަމުގެ އުސޫލުން ބިންތައް ކާމިޔާބުކުރާ ފަރާތްތަކާ ބިން ހަވާލުކުރެވޭތާ 15 މަސް ދުވަހުގެ ތެރޭގައި ބިންތައް ތަރައްޤީ ކުރަންޖެހޭނެ ކަމަށެވެ. އަދި ކުއްޔަށް ދޫކުރުމަށް ހަމަޖައްސާފައިވާ އެބިންތަކުގެ ބޮޑު މިނަކީ 4،000 އަކަފޫޓާއި 27،000 އަކަފޫޓު ކަމަށްވެސް އެކުންފުނިން ބުނެ އެވެ. މިބިންތަކަށް އެދި ބީލަން ހުށަހެޅުމުގެ މުއްދަތު މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.