14 Mar 2023, 11:37
މި އަހަރުގެ ރަމަޟާން މަހު ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ވަގުތުތައް އިއުލާންކޮށްފިއެވެ.
ފެމިލީ ކޯޓުން ކުރި އިއުލާނުގައިވަނީ ރަމަޟާން މަހުގެ އިތުރުން ޝައްވާލު މަހުގެ ހަތް ދުވަހު ވެސް ކައިވެނިކޮށްދޭ ވަގުތުތައް އިއުލާންކޮށްފައެވެ.
އެގޮތުން ކޯޓުގައި ކައިވެނިކޮށްދޭ ވަގުތުތަކަކީ:
ރަސްމީ ގަޑި/ ހެނދުނު: 09:30 އިން 12:30
- ނުރަސްމީ ގަޑި/ ރޭގަނޑު: 21:30 އިން 23:00
ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ވަގުތު:
ރޭގަނޑު: 21:30 އިން 23:00
ހަމައެއާއެކު ރަމަޟާން މަހު ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ފެމިލީ ކޯޓުން ބާއްވާނެއެވެ. އެ ޕްރޮގްރާމް އޮންނާނީ ކޮންމެ ހަފުތާއެއްގެ އާދިއްތައާއި ބުދަ ދުވަހެއްގެ ރޭ21:30 އިން 23:00 އަށެވެ. މި ޕްރޮގްރާމް އޮންނާނީ އޮންލައިން ކޮށެވެ.
ފެމިލީ ކޯޓުގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އާންމު އުސޫލަކުން ކުރިން ހަވީރު ވަގުތު ވެސް ކައިވެނިކޮށްދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ ނަމަވެސް ރަމަޟާން މަހަށް އެ ވަގުތު ކުރު ކުރީ މުވައްޒަފުންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ.
ރަމަޟާން މަހަށް ސަރުކާރުގެ ރަސްމީ އޮފީސްތަކުންނާއި އެކި އިދާރާތަކުން އަންނަނީ މަސައްކަތު ވަގުތަށް ބަދަލު ގެންނަމުންނެވެ.
ސަރުކާރު މުވައްޒަފުންގެ ރަސްމީ ގަޑި ވެސް ރަަމަޟާން މަހާ ދިމާކޮށް ކުރުކުރާނެއެވެ.