18 Apr 2012, 23:56
ސަފާރީއެއްގެ ތެރޭގައި ބިދޭސީ އަންހެނަކާ ދިވެހި ފިރިހެނަކު ބަދު އަހުލާގީ އަމަލު ހިންގަމުން ދަނިކޮށް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިރޭ 9:50 އެހާކަންޙާއިރު އެ ދެމީހުން ހައްޔަރު ކުރީ "ތީއާ" ނަމަކަ ކިޔާ ސަފާރީއެއް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.
ހައްޔަރު ކުރީ 24 އަހަރުގެ ބިދޭސީ އަންހެނަކާ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފިރިހެން މީހާއަކީ ސަފާރީގެ ފަޅުވެރިއެއް ކަމަށާއި މި ދެ މީހުން ހައްޔަރު ކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓްތަކެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ. ނަމަވެސް މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ބުންޏެވެ.