އެޑްވަޓޯރިއަލް: ގޭހުގެ ދާއިރާއަށް ވިލާއިން ގެނައީ ތަރައްގީ
އެޑްވަޓޯރިއަލް: ގޭހުގެ ދާއިރާއަށް ވިލާއިން ގެނައީ ތަރައްގީ

ވިލާ ގޭސްއަކީ ރާއްޖޭގައި އެންމެ ފުރަތަމަ އެލްޕީޖީގެ ޚިދުމަތް ދޭން ފެށި ކުންފުންޏެވެ. ވިލާ ހަކަތައިގެ ރީޓެއިލް ބްރޭންޑް، ވިލާ ގޭހަކީ މިއަދު ރާއްޖޭގެ އެންމެ އަވަސް، އެންމެ ކޮލެޓީ އެލްޕީޖީ ގޭސް ވިއްކާ, ޑިސްޓްރިބިއުޓް ކުރާ ބްރޭންޑެވެ.

އެހެނިހެން ގޭސް ފުޅިތަކާއި ހިލާފަށް, ވިލާ ގޭސް އިން ލިބެން ހުންނަ ގޭސް ފުޅިތަކަކީ ހިފާ ގެންގުޅެން ފަސޭހަ, ލުއިކޮށް ތައްޔާރުކޮށްފައި ހުންނަ ފުޅިއެކެވެ. އެ ބްރޭންޑުގެ ކޮމްޕޮސައިޓް ސިލިންޑާ ނުވަތަ ފައިބަރު ފުޅީގެ އަވަސް ޙިދުމަތުން އެކަން ސާބިތުވެއެވެ. ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އަދި އިތުބާރުކުރެވޭ ބްރޭންޑަށް އެ ބްރޭންޑް ވުމަކީ މިކަމުގެ ހެއްކެކެވެ.

ވިލާ ގޭހަކީ ރާއްޖޭގެ އެންމެ ބޮޑު އެލްޕީޖީ ސްޓޯރޭޖް ފެސިލިޓީ ހިމެނޭ ކުންފުންޏެވެ. އެކުންފުނިން ތިލަފުށީގައި ގާއިމްކޮށްފައިވާ އެލްޕީޖީ ސްޓޯރޭޖް ފެސިލިޓީގެ ކެޕޭސިޓީ އަކީ 5،250،000 މެޓްރިކް ޓަން އެވެ.

މި ފެސިލިޓީ އިން 10 ކިލޯ، 20 އަދި 45 ކިލޯގެ ފުޅިތައް ބަންދުކުރެއެވެ.

ވިލާ ގޭސް ޚާއްސަ ވަނީ އެތަނުން ފޯރުކޮށްދޭ އަވަސް ޚިދުމަތުގެ ސަބަބުންނެވެ. އެތަނުގެ ހޮޓް ލައިން 3336633 އަށް ގުޅާތާ އިރުކޮޅެއްގެ ތެރޭގައި ގޭސް ފުޅި ހިފައިގެން ދޮރުގައި ޓަކި ޖަހާކަމެވެ. ވިލާ ގޭހުގެ ކޯލް ސެންޓަރުން ލިބޭ ޚިދުމަތަކީވެސް އެހާމެ އެހާމެ އަވަސް އަދި ފަސޭހައިން ލިބޭން ޚިދުމަތެކެވެ.

ވިލާ ގޭހުގެވެބްސައިޓުގެއަދި އެޕުގެ ބޭނުމަކީ ވެސް އެއީއެވެ. މިހާރު ފޯރުކޮށްދޭ އަވަސް ޚިދުމަތަށް ވުރެ، މާ އަވަސް ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. ވިލާ ގޭހުގެ އެޕް އަކީ ހުރިހާ އުމުރުފުރައެއްގެ ބޭފުޅުންނަށްވެސް ފަސޭހައިން ބޭނުންކޮށްލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްއެކެވެ.

މިއީ އެންޑްރޮއިޑް އަދި އައިއޯއެސް ވަސީލަތްތަކަށްވެސް އެޅޭނެ އެޕްއެކެވެ. އެޕް އިން ލިބިދިޔަ ފަސޭހަތަކާއި އެކު ވިލާ ގޭހުގެ ހީވާގި މުވައްޒަފުން ހުޅުމާލެއެއް، ބޯޓެއް އަދި މާލެއެއް ބެލުމެއް ނެތި ދަނީ ގޭހުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ވިލާ ގޭސް ޑެލިވާ ކުރުމުން އަބަދުވެސް އިވޭ ވާހަކައަކީ "ފާސްޓޭ ދޯ". ޔަގީނުން ވެސް ހޮޓްލައިނާ އެއްވަރަށް، ވެބްސައިޓް އަދި އެޕް ވެސް "މާ ފާސްޓް" ވާނެއެވެ. ގޭސް ފުޅީގެ ޚިދުމަތް ބޭނުންފުވާނަމަ ވިލާ ގޭހުން ލިބޭ ޚިދުމަތަކީ ދެވަނައެއް ނެތް ފެންވަރުގެ ޚިދުމަތެވެ.

View this post on Instagram

A post shared by

commentކޮމެންޓް