12 Mar 2023, 12:36
އަޅުގަނޑަކީ މި ކުޑަ ދިވެހިރާއްޖެއަށް އުފަން ދިވެއްސަކީމެވެ. ދުނިޔޭގެ ޗާޓަށް ނަޒަރު ހިންގާލާއިރު ދިވެހި ރާއްޖެއަކީ ވަރަށް ވެސް ކުޑަ ޤައުމެކެވެ. ނަމަވެސް މާސިންގާ ދުނިޔޭގެ ކަންކޮޅުތަކުގައި ދިވެހިރާއްޖެ ވަނީ ވިދާބަބުޅާ ތަރިއެއް ފަދައިން ފަތުރުވެރި ކަމުގެ ރޮނގުން މަޝްހޫރުކަމާއި މަޤުބޫލުކަން ހޯދާފައެވެ.
ދުވާލެއްގެ މައްޗަށް ދިވެހިރާއްޖޭގެ ނަލަކަން ދެކިލުމަށްޓަކައި އެތައް ހާސް ފަތުރުވެރިންނެއް މި ޤައުމަށް ޒިޔާރަތްކުރެއެވެ. ޒަމާނަށް އައި ކުރިއެރުންތަކާއެކު ދިވެހިން ވެސް ދުނިޔެ ދެކިލުމަށާއި އެކިއެކި ބޭނުންތަކަށްޓަކައި ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރުން ވަނީ އާންމުވެފައެވެ.
ދިވެހިރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކާއި އެހެނިހެން ސަޤާފަތްތައް ތަޖުރިބާކޮއްލުމަށް ޓަކައި ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން، ރާއްޖޭގެ ޓްރެވެލް އޭޖެންސީއެއްގައި މަސައްކަތްކުރުމަށް އަބަދުވެސް އަޅުގަނޑުގެ ޝައުގުވެރިކަން ހުރެއެވެ.
ފަތުރުވެރިން ރާއްޖެ ގެނައުމުގެ އިތުރުން އެހެނިހެން ޤައުމުތަކަށް ދަތުރުތައް ރާވާ އިންތިޒާމްކުރާ، "ޓްރެވެލް އެކްސްޕާޓް"އަކަށް ވުމަކީ އަޅުގަނޑުގެ އުއްމީދެކެވެ. އެގޮތުން ސަންލޭންޑް ޖާނީސްގެ ޓީމާ ގުޅެން ލިބުނު ފުރުސަތަކީ އަޅުގަނޑުގެ ހުވަފެންތަށް ހަޤީޤަތަކަށް ވުން ފަދަ ކަމެކެވެ.
ކުޑަކުޑަ ޓިކެޓިންގް އޮފީހަކުން ބޮޑު ޓްރެވެލް އޭޖެންސީއަކަށް!
ސަންލޭންޑް ޖާނީސްއަކީ ރާއްޖޭގެ ޓްރެވެލް އޭޖެންސީތަކުގެ ތެރެއިން މިއަދު އެންމެ ފާހަގަކޮށްލެވޭ އެއް އޭޖެންސީއެވެ. ސަންލޭންޑް ޖާނީސްގެ ތާރީޚަށް ބަލާލާއިރު މި ކުންފުނި ވުޖޫދަށް އައީ މީގެ 24 އަހަރު ކުރިން ސަންލޭންޑް ޓްރެވެލްގެ ދަށުން ފެށުނު އެއާ ސާވިސަސް ޑިވިޝަން ތަރައްޤީވެ، 2013 ވަނަ އަހަރު ސަންލޭންޑް ޖަރނީސްގެ ނަމުގައި އައު ކުންފުންޏެއް އުފަންވި ހިސާބުންނެވެ.

ސަންލޭންޑް ޖާނީސް --- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ
އޭރުންސުރެ ސަންލޭންޑް ޖާނީސް ދިވެހިންގެ ތެރޭގައި އެންމެ ބޮޑު މަޤުބޫލުކަމެއް ހޯދައިފާވަނީ ސިންގަޕޯ އެއާލައިންސްގެ ޓިކެޓިންގ ރިޕްރެޒެންޓޭޓިވްއެއް ގޮތުގައެވެ.
އެހެނަސް 1999 ވަނަ އަހަރު މާލޭގެ ހަލަބޮލި ސަރަހައްދެއްގައި ކުޑަކުޑަ ޓިކެޓިންގ އޮފީހަކުން ފެށުނު ޚިދުމަތްތައް ފުޅާވެ، ސަންލޭންޑް ޖާނީސްއިން މިހާރު ދަނީ ސިންގަޕޯ އެއަރލައިންސްގެ އިތުރުން ޕެސެންޖާ ސާވިސް އޭޖެންޓެއް ގޮތުގައި އިތުރު 9 އެއާލައިންސް (ސްރީލަންކަން އެއާލައިންސް، ޤަތަރް އެއާލައިންސް، ޔޫއެސް ބަންގްލާ އެއާލައިންސް، އިންޑިގޯ، ފްލައި ދުބާއީ، ސްކޫޓް، މޯލްޑިވިއަން، މަންތާ އެއާ އަދި ވިލާ އެއާ)ގެ ހިދުމަތުގެ އިތުރުން، ޖެނެރަލް ސޭލްސް އަދި ކާގޯ އޭޖެންޓެއް ގޮތުގައި ބޭންކޮކް އެއާވޭސްގެ ޚިދުމަތް ރާއްޖޭގައި ފޯރުކޮށްދެމުންނެވެ.
ދުނިޔޭގެ ކޮންމެ މަންޒިލަކަށްވެސް ދަތުރުކުރެވޭނެ އެންމެ ފަހި މަގު
ސަންލޭންޑް ޖާނީސްގައި މަސައްކަތް ކޮށްލުމުން އަޅުގަނޑަށް އެނގިގެންދިޔައީ މި އޭޖެންސީއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާވެފައިވާ މިންވަރެވެ. ސަންލޭންޑް ޖާނީސްގެ ވަފާތެރި ކަސްޓަމަރުން ދެއްވި ޢިތުބާރާއި ތަރުހީބުގެ ނަތީޖާއެއްގެ ގޮތުން އެތަކެއް އައު ޚިދުމަތްތައް ތަޢާރަފްކޮށް، ޕްރައިވެޓް ޖެޓް ހޭންޑްލިން އާއި ކާގޯގެ ހިދުމަތުގެ އިތުރުން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކަށް ދަތުރުކުރެވޭނެ އެންމެ ފަސޭހަ އަދި ފުރިހަމަ އިންތިޒާމުތައް ސަންލޭންޑް ޖާނީސްއިން ވަނީ ޤާއިމްކޮށްދީފައެވެ.

ސަންލޭންޑް ޖާނީސް --- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ
އެގޮތުން ބޭނުންވާ ކޮންމެ މަންޒިލަކަށް ދިއުމަށް ޓަކައި ޓިކެޓުގެ އިތުރުން ވިސާ ބޭނުންވާ ގައުމުތަކަށް ވިސާ އެސިސްޓެންސް، ޓްރެވެލް އިންޝުއަރެންސް، ހުރުމާއި ކެއުން، އަދި އެ ގައުމެއްގައި އެންމެ މަޤުބޫލު ކުޅިވަރުތަކާއި ޓުއާތައް އެކުލެވޭގޮތަށް ބަންޑެލި ޕެކޭޖްތައް ވަނީ ތަޢާރަފްކޮށްފައެވެ. އަމިއްލަ ގައުމުން ދާން ބޭނުންވާ މަންޒިލާ ހަމައަށް ކުރާ ދަތުރުގެ މުޅި ރާސްތާގައި ބޭނުންވެދާނެ އެންމެހާ ހިދުމަތެއް ސަންލޭންޑް ޖާނީސްއިން ފޯރުކޮށްދެއެވެ.
ރާއްޖޭގެ އެތައް ރިސޯޓްތަކާއި ގެސްޓްހައުސްތަކާއެކު މަސައްކަތް ކުރަމުން އަންނަ މި އޭޖެންސީން ވަނީ ދިވެހީންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ހާއްސަކޮށްލެވޭ ޕެކޭޖްތަކުގެ އިތުރުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނަށް ވެސް ރާއްޖޭގެ އެތައް މަޤުބޫލު މަންޒިލްތަކުން ޚާއްސަ އަގުތަކުގައި ޕެކޭޖްތައް އެކުލަވާލާފައެވެ.
ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިސާދުގެ މައި ތަބަށް ވީއިރު، އަޅުގަނޑުމެންގެ މިހިތްގައިމު ޤައުމުގެ ރީތި ރަށްތަކަށާއި ރިސޯޓްތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު، ސަންލޭންޑް ޖާނީސް މެދުވެރިކޮށް ފަތުރުވެރިންނަށް ހުޅުވާލިކަމީ އަޅުގަނޑުގެ ޝައުގުވެރިކަން ސަންލޭންޑް ޖާނީސްއަށް އިތުރުވި އެއް ސަބަބެވެ.
ތަޖުރިބާ ހުރި ކުޅަދާނަ ޓީމެއް!
މި ވޭތުވެދިޔަ ދުވަސްކޮޅުތެރޭ އަޅުގަނޑަށް ފާހަގަކޮށްލެވުނު އެއްކަމަކީ މި ކުންފުނީގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ސަންލޭންޑް ޖާނީސްއަށް ދެއްވާ ޝައުގުވެރިކަމާއި، ލޯތްބާއި އިޙުތިރާމުގެ ބޮޑުކަމެވެ. އަދި މި ކުންފުނީގެ ކޮންމެ މުވައްޒަފެއް ވެސް ކަސްޓަމަރުންނާ ބަހައްޓަވާ ގާތްކަމާއި، ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުގެ ފުރިހަމަކަމެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ސަންލޭންޑް ޖާނީސްގެ ގިނަ މުވައްޒަފުންނަކީ މި ކުންފުނީގައި މަސައްކަތްކުރައްވާތާ 15 އަހަރަށް ވުރެ ގިނަދުވަސްވީ މުވައްޒަފުންނެވެ. ހަމަ އެހެންމެ މި ކުންފުނީގައި މަސައްކަތްކުރައްވާތާ 24 އަހަރުވީ މުވައްޒަފުން ތިބިކަން ވެސް ފާހަގަކޮށްލަމެވެ.

ސަންލޭންޑް ޖާނީސްގެ ޓީމު --- ފޮޓޯ/ ސަންލޭންޑް ޖާނީސް
އެ ބޭފުޅުންގެ އެތައް އަހަރެއްގެ ތަޖުރިބާއާއެކު ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ދަތުރުތައް އިންތިޒާމުކޮށް ހަމަޖައްސައިދެވޭނެ ކަމުގެ އެއްވެސް ޝައްކެތް ނެތެވެ. ސަންލޭންޑް ޖާނީސްގެ މުވައްޒަފުންގެ ފަރާތުން ފެނިގެންދަނީ އެއް އާއިލާއެއް ފަދައިން ކަސްޓަމަރުންގެ ހިތްހަމަޖެހުމަށްޓަކާ އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރާ މަންޒަރެވެ.
15 ފެބްރުއަރީ 2023 ގައި ހިދުމަތަށް 24 އަހަރު!
1999 ވަނަ އަހަރުން ފެށިގެން ދޭންފެށި ޚިދުމަތަށް 24 އަހަރު ފުރިގެން ދިއައިރު މި ކާމިޔާބީގެ ފަހަތުގައި ވަނީ މިކުންފުންޏަށްޓަކައި އެތައް އަހަރެއްގެ މިންނެތް މަސައްކަތްތަކާއި ޤުރުބާނީއެއްވީ ސަންލޭންޑް ޖާނީސްގެ ހިތްވަރުގަދަ މުވައްޒަފުންކަން ޔަގީނެވެ.
ސަންލޭންޑް ޖާނީސްގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފެއްގެ ވެސް ހިތްވަރަކީ ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި ތަރުޙީބެވެ. ހަމަ އެހެންމެ ސަންލޭންޑް ޖާނީސްގެ މެނޭޖްމެންޓުން އެ މުވައްޒަފުންނާ ބަހައްޓަވާ ގާތްކަމާއި އޯގާތެރިކަމަކީ މިކުންފުނީގެ ކުރިއެރުމުގެ ފަހަތުގައިވާ ސިއްރެވެ.

ސަންލޭންޑް ޖާނީސް --- ސަން ފޮޓޯ/ޝާތިއު އަބްދުﷲ
މުޅި ދުނިޔޭގައި ދަތުރު ފަތުރުގެ ނިޒާމްތައް ހަލުވި ގޮތެއްގައި ކުރިއަރަމުން އަންނަ މިޒަމާނަކީ ކުދި ބޮޑު އެންމެން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ދަތުރުކުރަން ބޭނުންވާނެ ޒަމާނެކެވެ. ސަންލޭންޑް ޖާނީސްގެ ޓީމަށް އަލަށް ގުޅުނު ފަހުރުވެރި މުވައްޒަފެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ ސަންލޭންޑް ޖާނީސްއަކީ ކޮންމެ ބޭފުޅަކުވެސް ދާންބޭނުންވާ ކޮންމެ މަންޒިލަކާ ހަމައަށް ދިއުމަށްޓަކާ "އޯލް އިން ވަން ސޮލޫޝަން" ކަމަށެވެ.
އެހެންކަމުން ފަސްޖެހުމެއް ނެތި ތިޔަބޭފުޅުންގެ ދަތުރުގެ ހުރިހާ ޚިދުމަތެއް ފަސޭހަކަމާއެކު އެއް އޮފީހަކުން ލިބިގަތުމަށް ސަންލޭންޑް ޖާނީސް އިހްތިޔާރު ކުރައްވާށެވެ!
View this post on Instagram
އެޑިޓަރުގެ ނޯޓު:މިއީ ސަންލޭންޑް ޖާނީސްގެ ޓްރެވެލް އެންޑް ޓުއާރސް ސެކްޓަރއަށް އަލަށް ގުޅުނު މުވައްޒަފެއް ކަމުގައިވާ ޝަބާނާ ހަމީދު، އެ ކުންފުނީގައި އޭނާއަށް ކުރެވުނު ތަޖުރިބާގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.